ބާޒާރުގައި އެސްޓީއޯއާ ވާދަވެރިކަން | އޮރެންޖެއްގެ އަގު 4ރ. އަށް

އެސްޓީއޯއިން އޮރެންޖުގެ އަގު ހެޔޮކޮށް ވިއްކަން ފެށުމާއެކު ތަރުކާރީ ގެންނަ ފަރާތްތަކުން ވަނީ އެ ކުންފުނި ފޮލޯ ކުރަން ފަށާފަ އެވެ.

އުފަންވެލި ފިހާރާގައި މިއަދު އޮރެންޖް ވިއްކަން ބަހައްޓާފައި

"މި އަހަރު ބާޒާރުގައި އަގުތައް މި ވަރަށް ހިފެހެއްޓިފައިވަނީ ވެސް އެސްޓީއޯގެ ސަބަބުން،" ބާޒާރުގައި އަގުތައް މިހާރު ހުރި ގޮތާ ބެހޭ ގޮތުން ވިޔަފާރިވެރިއަކު ބުންޏެވެ.

ބައެއް ވިޔަފާރިވެރިން އެ ދައްކަނީ ރަނގަޅު ވާހަކައެއް ކަމަށް ބުނެވޭނެ ފުރުސަތު މިހާރު އެބައޮތެވެ. މި އަހަރުގެ ރޯދަ ފެށުމާއެކު އެސްޓީއޯއިން ވަނީ ބާޒާރަށް ތަރުކާރީގެ 10 ބާވަތާއި މޭވާގެ 10 ބާވަތް ނެރެފަ އެވެ. މިއާއެކު ކުރިން ވަަރަށް ބޮޑަށް ބޮޑުވެދާނެ ކަމަށް ބެލެވިގެން ދިޔަ ގިނަ ތަކެތި ހުރީ ހީކުރި ވަރަށް މަތިވުން ހުއްޓިފަ އެވެ. މިއާއެކު މިހާރު ބާޒާރުން ފެނިގެން ދަނީ ބޮޑު ވާދަވެރިކަމެކެވެ. މީގެ ހެއްކަކީ އެންމެ އޮރެންޖެއްގެ އަގު މީގެ ދެ ދުވަސްކުރިން 12ރ. އަށް އުފުލުނު އޮރެންޖުގެ އަގު މިހާރު ދަށްވެފައިވުމެވެ.

ބާޒާރުގައި އޮރެންޖުގެ އަގު 12ރ. އަށް އުފުލުމާއެކު އެސްޓީއޯއިން ވަނީ ބާޒާރަށް ލޮޅުން ގެނެސްފަ އެވެ. އެސްޓީއޯ ސުޕަމާކެޓުން އޮރެންޖެއް 6ރ. އަށް ވިއްކި އެވެ. މިހާރު އެ ކުންފުންޏާ ވާދައަށް ތަރުކާރީ އާއި މޭވާ އެތެރެކުރާ ކުންފުނިތަކުން ވަނީ ނުކުމެފަ އެވެ. ނަތީޖާއަކީ އޮރެންޖުގެ އަގު މިހާރު 4ރ. އަށް ވެއްޓިގެން ދިއުމެވެ. މިހާރު އުފަންވެލި ފިހާރައިން އޮރެންޖެއް 4ރ. އަށް ވަނީ ވިއްކަން ފަށާފަ އެވެ. 

ދުނިޔޭގައި އެންމެ ގިނައިން އޮރެންޖު އުފައްދާ ބްރެޒިލް އަދި އެމެރިކާގެ ފްލޮރިޑާއަށް ދިމާވި މޫސުމީ ބަދަލުތަކުގެ ސަބަބުން އޮރެންޖު އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ހޫނުގަދަވުމާއި ހަނަފަސްކަމުގެ ސަބަބުން ފަހަކަށް އައިސް އެންމެ މަދުން އޮރެންޖު އުފެއްދި އެއް އަހަރަށް މި އަހަރު ވަނީ ވެފަ އެވެ. މީގެ އިތުރުން ފްލޮރިޑާ އަށް އަރާ ބާރުގަދަ ތޫފާންތަކުގެ ސަބަބުން އޮރެންޖު ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. "ސިޓްރަސް ގްރީނިންގް" ނަމަކަށް ކިޔާ ބައްޔެއް ދުނިޔޭގެ ގިނަ އޮރެންޖު ދަނޑުތަކުގައި ފެތުރި، ގަސްތައް މަރުވުމާއި މޭވާގެ ފެންވަރު ދަށްވުން ވަނީ އިތުރުވެފައެވެ. މިއާއެކު ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއެކު ދުނިޔޭގެ ބާޒާރުގައި އޮރެންޖުގެ އަގު ވަނީ 15% - 25% އަށް ބޮޑުވެފަ އެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.