ގަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ފުލުހުން ހަދިޔާ ބަހައިފި

ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓް ޑިޕާޓްމެންޓުން މިއަދު ބުނީ، ރޯދަ މަހު ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމުގެ ދަށުން އިއްޔެ ހަވީރު 62 އުޅަނދު ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް ފުލުހުން ހަދިޔާ ބަހަނީ --

އުޅަނދުތައް ބަލައިފާސްކޮށް، ގަވާއިދާ އެއްގޮތަށް ދުއްވަމުން ދިޔަ އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުންގެ ފަރާތުން ހަދިޔާ ބަހައިފި އެވެ.

ފުލުހުންގެ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓް ޑިޕާޓްމެންޓުން މިއަދު ބުނީ، ރޯދަ މަހު ކުރިއަށް ގެންދާ ފަހިރާސްތާ ޕްރޮގްރާމުގެ ދަށުން އިއްޔެ ހަވީރު 62 އުޅަނދު ބަލައިފާސްކޮށްފައިވާ ކަމަށެވެ. 

އޭގެތެރެއިން ގަވާއިދާ ހިލާފަށް ދުއްވަމުން ދިޔަ އުޅަނދުތުގެ ވެރިންނަށް، 'ރައްކާ ޕާޓްނަރުން'ގެ ފަރާތުން ދޭ ހަދިޔާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަދިޔާ ދިނީ ކިތައް ވެހިކަލްއަކަށް ނޭންގެ އެވެ.

ރޯދަ މަހު ކޮންމެ ދުވަހެއްގެވެސް ބައެއް ވަގުތުތަކަކީ މާލެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑު ވަގުތުތަކެއް ކަމުން، ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތްތަކެއް ހިންގަ އެވެ. މިއަހަރުވެސް ފުލުހުން ދަނީ މަގުމަތި ބަލަހައްޓަން ހަރަކާތްތައް ހިންގަމުންނެވެ.

އަދި ގަވާއިދާ ހިލާފަށް ޕާކު ކުރުމާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ފުލުހުން ދަނީ ފިޔަވަޅުވެސް އަޅަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.