އިންވެސްޓްކުރާ ފަރާތްތަކަށް ޑިއުޓީ މައާފުކޮށްދޭ އުސޫލު އާއްމުކޮށްފި

މި އުސޫލުގެ ދަށުން، އިގްތިސާދީގޮތުން ބޭނުންތެރި މަސައްކަތްތަކަށާއި، ހާއްސަ ހާލަތްތަކުގައި ރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކޮށްދިނުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.

ރާއްޖޭގެ ރިސޯޓެއް : އިންވެސްޓަރުންނަށް ފަހި ބަދަލެއް ގެންނަން ޓޫރިޒަމުން ވަނީ ހުށަހަޅާފަ

ރާއްޖޭގައި އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނުގެ ދަށުން، އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މާފުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚުތިޔާރު ބޭނުންކުރާނެ ގޮތުގެ އާ އުސޫލު އާއްމުކޮށްފި އެވެ. 

މި އުސޫލުގެ ދަށުން، އިގްތިސާދީގޮތުން ބޭނުންތެރި މަސައްކަތްތަކަށާއި، ހާއްސަ ހާލަތްތަކުގައި ރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކޮށްދިނުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.

އިންވެސްޓްމަންޓުގެ މުއްދަތާއި މިންވަރު

  • 2 މިލިއަން - 25 މިލިއަން 3 އަހަރު
  • 25 މިލިއަން - 50 މިލިއަން 5 އަހަރު
  • 50 މިލިއަން - 75 މިލިއަން 7 އަހަރު
  • 75 މިލިއަން - 100 މިލިއަން 10 އަހަރު
  • 100 މިލިއަނަށް ވުރެ މަތި 15 އަހަރު

އިގްތިސާދީ މަސައްކަތްތަކަށް ބޮޑެތި ލުއިތަކެއް

އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ހިންގާ ބައެއް މުހިންމު މަސައްކަތްތަކަށް ޑިއުޓީ އިނާޔަތް ލިބޭނެ އެވެ.

ހިމެނޭ ބައިތައް

އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުން: މާވަޑާމުގެ މަސައްކަތަށް ބޭނުންވާ ތަކެތި
ދަނޑުވެރިކަމާއި މަސްވެރިކަން: ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމަށާއި، މަސްވެރިކަން ތަރައްޤީކުރަން ގެންނަ ތަކެތި.
ބަންކަރިން ހިދުމަތް: މެރިން ފިއުލް ބަންކަރިންއަށް ގެންނަ ތެލުގެ ބާވަތްތައް.
ފަތުރުވެރިކަން ފުޅާކުރުން: ފަތުރުވެރިކަން ކުރިއަރާފައިނުވާ އަތޮޅުތަކުގައި (ހއ، ހދ، ށ، ތ، ލ، ސ) ރިޒޯޓު ތަރައްގީ ކުރުމަށް ގެންނަ ތަކެތި.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.