ރައީސް މިހެން ވިދާޅުވީ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝައިހް ރަހްމާން ބިން އަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިންނެވެ.

ރާއްޖެ އާއި ޔޫއޭއީ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝައިހް ރަހްމާން ބިން އަބްދުލްރަހްމާން ބިން ރަހްމާ އަލް ޝަމްސީ މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ އެ ސަފީރުގެ ދައުރުގައި ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ހަރުދަނާވެ ގިނަ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
ޔޫއޭއީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އާއި ޔޫއޭއީ ދެމެދު ރަސްމީކޮށް ގުޅުން ގާއިމް ކުރީ މާޗު 15، 1978 ގަ އެވެ.