ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދީނަށް ތައުހީނުކޮށް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީ ނައްތާލަން ގޮވާލި މައްސަލައައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލައަކާ ގުޅިގެން ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދީނަށް ތައުހީނުކޮށް ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަ ދެއްކުމާއި އިސްލާމިކް މިނިސްޓްރީ ނައްތާލަން ގޮވާލި މައްސަލައައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ބޫގާ ހާޒިރު ކުރަން ބޭނުންވާ ކަމަށާއި ނަމަވެސް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން އޭނާ ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާން ކުރާ ކަމަށް ބުނެ ފުލުހުން ވަނީ އޭނާގެ ފޮޓޯ އަދި ވަނަވަރު ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ.