ޓޫރިޒަމުން ބުނީ އައީ 1,065 ޓޫރިސްޓުންނޭ | މާޔާގެ ހިސާބުން ފެންނަނީ 4,587

ޓޫރިޒަމް މިނިސްޓްރީން ބުނީ މި އަހަރުގެ މިހާތަނަށް ކަނޑުމަގުން ރާއްޖެއަށް އައިސްފައިވަނީ އެންމެ 1,065 ޓޫރިސްޓުން ކަމަށެވެ.

މިމަހު 2000 އަށްވުރެ ގިނަ ޓޫރިސްޓުންނާއެކު ބަނދަރުކުރި ކްރޫޒްލައިނާއެއް -- މާޔާ

މި އަހަރުގެ މިހާތަނަށް ކަނޑުމަގުން، ކްރޫޒްލައިންތައް ހިމެނޭހެން މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ އެންމެ 1,065 ޓޫރިސްޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނިނަމަވެސް 4000 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ދައްކައިފި އެވެ. 

މި އަހަރުގެ މިހާތަނަށް އަދާހަމަކޮށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސީޕޯޓްތައް މެދުވެރިކޮށް މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެވެފައިވަނީ އެންމެ 1,065 ޓޫރިސްޓުންނެވެ. 

ޓޫރިޒަމް ހިސާބުތަކުން މިގޮތަށް ދެއްކިނަމަވެސް ރާއްޖެއަށް މިދިޔަ ދެ މަސްތެރޭ ވަނީ ތިން ކްރޫޒްލައިނާއެއް އައިސްފަ އެވެ. ރާއްޖެއަށް ސުޕަ ޔޮޓްތަކާއި ކްރޫޒްލައިނާތައް ގެންނަ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 4000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ކްރޫޒްލައިން ތަކުން މި އަހަރުގެ މިހާތަނަށް ވަނީ އައިސްފަ އެވެ. 

މާޔާގެ ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހު ވަނީ އިނގިރޭސިވިލާތުގެ އަނާ ކްރޫޒްލައިނާއިން 2669 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވަނީ 1918 ޓޫރިސްޓުން އައިސްފަ އެވެ. އެހެންވެ ޖުމްލަ އައި ޓޫރިސްޓުންގެ އަދަދު ވަނީ 4,587 އަށްވުރެ އިތުރުވެފަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުދި ޔޮޓް ފަހަރުން ވެސް މި ސީޒަންގައި ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން އެތެރެވެފަ އެވެ. އެހެންވެ މި އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.