50 ދުވަހުން ދިއްދޫއިން 112 ހެކްޓަރު ބިން ހިއްކައި ނިންމާލައިފި

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް އިއްޔެގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ.

ހއ. ދިއްދޫގެ ބިން ހިއްކައި ނިންމާލާފައި --

ހއ. ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު 50 ދުވަހުގެ ތެރޭގައި ނިންމާލައިފި އެވެ.

ދިއްދޫ އިން ޖުމްލަ 112 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު 'ލެއިވް އެރިކްޝަން'ގެ ބޭނުންކޮށްގެންނެވެ. އެއީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަސައްކަތް އިއްޔެގެ ނިޔަލަށް ނިންމާލާފައިވާ ކަމަށެވެ.

އެއާޕޯޓު އަޅަން ބޭނުންވާ ބިމުގެ އިތުރުން، މި މަޝްރޫއުގެ ދަށުން ދިއްދޫގެ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.