ޗާގޯސްއަށް ދާންކަމަށް ބުނެ ފަރާޖް "ސިޔާސީ ސްޓަންޓެއް" ޖެއްސިކަމުގެ ތުހުމަތު

ޗާގޯސްއަށް ދަތުރުކުރަން، ފަރާޖް ރާއްޖެއަށް ވަޑައިގެން ހުންނެވިކަން ވެސް އެނގުނީ، އެ ދަތުރަށް ހުރަސްއެޅިކަމަށް ވިދާޅުވެ، ވީޑިއޯ އާންމުކުރުމުން ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް

އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ "ރިފޯމް ޔޫކޭ" ގެ ލީޑަރު ނައިޖަލް ފަރާޖް ޗާގޯސް އަށް ދަތުރުކުރަން އުޅުނުކަމަށް ބުނެ، "ސިޔާސީ ސްޓަންޓެއް" ޖެއްސެވީ ކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތުކޮށްފި އެވެ. 

ޗާގޯސްގެ އެއް ރަށެއްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ހަތަރު މީހަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރު ކޮށްދިނުމަށް ފަރާޖް ރާއްޖެ ވަޑައިގެންނެވި އެވެ.

ނަމަވެސް، ފަރާޖް "އެކްސް" ގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވީ އޭނާ ޗާގޯސް އަށް ފުރުން ހުއްޓުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާ ކަމަށެވެ. އިނގިރޭސި ސަރުކާރާއި ހައި ކޮމިޝަނުން އޭނާ ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޗާގޯސް އަށް ފުރަން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފައިވަނިކޮށް، އިނގިރޭސިވިލާތުގެ 'ދަ ގާޑިއަން' ނޫހުން އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނީ، ޗާގޯސްއަށް ދަތުރުކުރަން ބޭނުންވާކަމަށް ފަރާޖް ދުރާލައި އެދިފައި ވެސް ނުވާ ކަމަށެވެ.

އަދި ޗާގޯސްއަށް ދަތުރުކުރަން، ފަރާޖް ރާއްޖެއަށް ވަޑައިގެން ހުންނެވިކަން ވެސް އެނގުނީ، އެ ދަތުރަށް ހުރަސްއެޅިކަމަށް ވިދާޅުވެ، ވީޑިއޯ އާންމުކުރުމުން ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.

އެންމެ ދުވަހަކަށް ޕްރައިވެޓް ޖެޓެއްގައި ރާއްޖެއަށް ވަޑައިގެންނެވީ، ސިޔާސީ ސްޓަންޓެއް ޖެއްސެވުމަށް ކަމަށް ލޭބާ ޕާޓީގެ އޮފިޝަލަކު ތުހުމަތުކުރައްވާފައިވެ އެވެ.

މިގޮތުން، ގްރޭޓާ މެންޗެސްޓާގައި އޮތް ބައި-އިލެކްޝަނަކަށް ކެމްޕޭނު ކުރެއްވުމުގެ ބަދަލުގައި، ޕްރައިވެޓު ޖެޓެއްގައި އެތަކެއް ހާސް މޭލު ދަތުރުކުރެއްވުމަށްފަހު، ރާއްޖޭގެ ބީޗެއްގައި ހުންނެވުމަށް ފަރާޖް ވަޑައިގެންނެވީ، އިނގިރޭސި ސަރުކާރަށް ފާޑުވިދާޅުވާނެ ފުރުސަތެއް ހޯއްދެވުމަށްކަމަށް ވެސް އެ އޮފިޝަލު ވިދާޅުވެފައިވެ އެވެ.

ޗާގޯސްގެ ރަށްވެހިން މަޖުބޫރުން އެތަނުން ބާލުވާފައި ވަނީ 1960 އާއި 1970 ގެ އަހަރުތަކުގަ އެވެ. އެއަށް ފަހު އިނގިރޭސިވިލާތުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހެދުމަށް އެތަން ވިއްކާލައިފަ އެވެ.

މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން އެއްބަސްވެފައިވީ ނަމަވެސް ރާއްޖެއިން ވެސް އަންނަނީ އެ ސަރަހައްދުގެ މިލްކުވެރިކަމަށް ހޯދުމަށް ވަކާލާތު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.