އީސީގެ މެމްބަރުކަމުން ހުސްވެފައިވާ މަގާމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ރިފްއަތު އަބްދުﷲ މިއަދު އައްޔަންކުރައްވައިފި އެވެ.
މިއަދު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރިފްއަތު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ރިފްއަތަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ރިފްއަތު އާ ހަވާލުކޮށްދެއްވާފަ އެވެ.
އީސީގެ މެމްބަރުކަމުން ހުސްވެފައިވާ މަގާމަށް އޭނާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ރިފްއަތަކީ ކުރިން އިލެކްޝަން ކޮމިޝަންގެ ވަކީލެއްގެ ގޮތުން އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.