ޖޭއެސްސީގެ މެންބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު ޝަފީއު އައްޔަނު ކޮށްފި

ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ފަނޑިޔާރު ޝަފީއުއަށް ހަވާލުކޮށްދެއްވައިފަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ޝަފީއު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރުން --

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އައްޔަން ކުރައްވައިފި އެވެ.

ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން ޖޭއެސްސީގެ މެންބަރު ކަމަށް އިންތިހާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން ޝަފީއު އެ ކޮމިޝަނަށް އައްޔަނު ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ޝަފީއުއަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ފަނޑިޔާރު ޝަފީއުއަށް ހަވާލުކޮށްދެއްވައިފަ އެވެ.

ފަނޑިޔާރު ޝަފީއު ކުރިން ވަނީ ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.