އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޖަލުގައި ހުރެ ސްކޭމް ކޮށްގެން ފައިސާ ހޯދަން އުޅުނު މީހަކަށް އެހީތެރިވި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތް ކުރުމަށް ޖަލުން ގުޅާފައިވާ މީހަކަށް އޭނާ އެއްބާރުލުން ދީ ފައިސާ ރޯލް ކުރާނެ ރައްޓެހިންގެ އެކައުންޓްތައް ހޯދައިދީފައިވާ ކަމަށެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އެ މައްސަލަ އާ ގުޅުން ހުރި ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ސްކޭމްގެ މައްސަލާގައި މުއާމަލާތް ކޮށްފައިވާ ފޯނުގެ އައިއެމްއީ ނަަމްބަރު ދިމާވާ ކަމަށް ފުލުހުން ބުނާ ކަމަށާއި ފައިސާ ނެގުމާއި ފޯނާ ހަވާލުވުމުގެ މުއާމަލާތުގައި އޭނާ ބައިވެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖަށް ވެސް ފެނިފައިވާ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި އޭނާ 30 ދުވަހަށް ބަންދު ކޮށްފައިވާ އިރު ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާ އަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ކުށުގެ ރެކޯޑް އޮތް މީހެކެވެ.