ނޯތު ހާބަރު ބަނދަރަށް | 36 ފައްތިއްޔާ ބުޑު ފައްތައި ބޮޑު ބަދަލެއް

އަލަށް ގެންނަ ބަދަލާއެކު މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް އެމްޕީއެލް އިން ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ފެންވަރު ރަނގަޅުކޮށް ތަރައްގީކޮށްފަ -- އެމްޕީއެލް

ބޮޑުތަކުރުފާނު މަގު މަސް މާރުކޭޓު ސަރަހައްދު ތަރައްގީކުރުމުގެ މަަސައްކަތް ނިމުމާއެކު، ބަނދަރުގައި އޮޑިފަހަރު އަޅަން 36 ފައްތިއްޔާ ބުޑު ފައްތައި ފަސޭހަ ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފި އެވެ.

ނޯތު ހާބަރު / މަސް އޮޑިފަހަރު ބަނދަރުކުރާ ސަރަަހައްދު ބަލަހައްޓާ އެމްޕީއެލް އިން ބުނީ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު ވަނީ އަލުން މާލޭ ނޯތު ހާބަރުގެ 'އޭ ޒޯން' (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) އަށް ބަނދަރުކުރަން ވަނީ ފަށާފަ އެވެ.

އެ ކުންފުނިން ބުނީ މީގެ އިތުރުން، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށް ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުމެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ބަދަލާއެކުު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް އެމްޕީއެލް އިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.