އިރާނަށް ހަމަލާދޭން ދާ އެމެރިކާގެ ބޮޑު މަނަވަރުގެ ފަޅުވެރިންނަށް މައްސަލަތަކެއް

ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކަނޑުމަތީގައި އުޅޭތާ ވަނީ އަށް މަސްވެފަ އެވެ. މިހާގިނަ ދުވަހު ކަނޑުމަތީގައި އުޅުމުގެ ސަބަބުން ފަޅުވެރިންނަށް ވަނީ ނަފްސާނީ މައްސަލަތަކާ ކުރިމަވެފަ އެވެ.

އީރާނަށް ހަމަލާދޭން ދާ އެމެރިކާގެ އެންމެ ބޮޑު މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ކަނޑުމަތީގައި އޮންނަތާ ގިނަ ދުވަސްވުމުގެ ސަބަބުން އެ މަނަވަރުގެ ފަޅުވެރިންނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ. 

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން މިދިޔަ ޖޫން މަހުން ފެށިގެން ކަނޑުމަތީގައި އުޅޭ މި މަނަވަރުގެ ފަޅުވެރިން އަށް މަސް ވެފައިވާއިރު، ރައީސް ޓްރަމްޕް އެ މަނަވަރުގެ ދަތުރު ދެވަނަ ފަހަރަށް އިތުރުކުރެއްވުމާ ގުޅިގެން ފަޅުވެރިންނާއި އެމީހުންގެ އާއިލާތަކަށް ނަފްސާނީ އަދި އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި މިކަމުގެ ސަބަބުން މަނަވަރުން ބައެއް މީހުން މިހާރު ދަނީ، އެނބުރި އައުމަށްފަހު ނޭވީން ވަކިވާން ވިސްނަމުންނެވެ.

ފޯޑް މަނަވަރު ފުރަތަމަ ފޮނުވީ މެޑިޓަރޭނިއަން ކަނޑަށެވެ. ނަމަވެސް އޮކްޓޫބަރު މަހު ވެނެޒުއޭލާގެ އޭރުގެ ލީޑަރު ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަނަށް ކެރީބިއަން ސަރަހައްދަށް ބަދަލުކުރެވުނެވެ. މިހާރު މަނަވަރު ދަނީ އީރާނާ ދެކޮޅަށް ދީފާނެ ހަމަލާތަކަށް ތައްޔާރުވުމަށް މެދުއިރުމައްޗަށް މިސްރާބު ޖަހަމުންނެވެ.

މަނަވަރުގައި ތިބި 5،000 އެއްހާ ފަޅުވެރިންގެ ތެރެއިން ގިނައީ 20 ގެ އަހަރުތައް ގުނަމުންދާ ޒުވާނުންނެވެ. މި ދިގު ޑިޕްލޯއިމަންޓުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އާއިލީ މުހިންމު އިހުތިފާލްތައް ގެއްލިފަ އެވެ. މީގެ ތެރޭގައި ބައެއް މީހުންގެ ކާފަ މަރުވިއިރު ގާތުގައި ނުހުރެވުމާއި ތުއްތު ދަރިފުޅާ ވަކިން އަހަރެއްހާ ދުވަސް ހޭދަކުރަން ޖެހުން އަދި ކައިވެނިތަކާއި، އުފަންދުވަސްތައް އަދި ޗުއްޓީ ދަތުރުތައް ކެންސަލްކުރަން ޖެހުން ހިމެނެ އެވެ. 

މަނަވަރުގެ ކޮމާންޑިން އޮފިސަރު ކެޕްޓަން ޑޭވިޑް ސްކަރޯސީ، އާއިލާތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މި ނިންމުމަކީ އޭނާއަށްވެސް ސިހުން ލިބުނު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ފަޅުވެރިންގެ ހިތްތަކަށް "ތަދުވާނެ" ކަން ގަބޫލުކުރައްވާ ކަމަށެވެ. 

މި އުޅަނދުގެ ޑިޕްލޯއިމަންޓް ދިގުލައިގެން ދިއުމުގެ ސަބަބުން މަނަވަރުގެ މަރާމާތަށް ބުރޫއަރައި، ބައެއް ސިސްޓަމްތަކަށް ވަނީ މައްސަލަ ދިމާވެފަ އެވެ. މީގެ ތެރޭގައި މަނަވަރުގެ ފާޚާނާ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ފާހަގަކޮށްލެވެ އެވެ. 

ނޭވީން ބުނާ ގޮތުގައި ދުވާލަކު އެވްރެޖްކޮށް އެއް ފަހަރު މަރާމާތު ކުރަން ޖެހުނު ނަމަވެސް، މިއީ މަނަވަރުގެ މިޝަނަށް ހުރަސްއެޅޭ ވަރުގެ ކަމެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.