ރިސޯޓް ހަދަން ހުޅުވާލި ލިސްޓުން ބ. ފަޅާއި ތ. ކަނިމީދޫ އުނިކޮށްފި

ތ. ކަނިމީދޫއަކީ ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ރިސޯޓް ހަދަން ހުޅުވާލައި ޝައުގުވެރިކަން ނުލިބުނު ރަށެކެވެ.

ރިސޯޓް ހަދާ ލިސްޓުން އުނިކުރި ބ. ފަޅަކާއި ތ. ކަނިމީދޫ

ރިސޯޓް ތަރައްގީ ކުރަން ޓޫރިޒަމަށް ހުޅުވާލި ރަށްތަކުގެ ލިސްޓަށް ބަދަލު ގެނެސް، ބ. އަތޮޅު ފަޅަތާއި ތ. ކަނިމީދޫ ނަގައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ މެއި 2024 ގައި އާންމުކޮށްފައިވާ "ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުށަހެޅުން ހުށަހެޅުމަށް ހުޅުވާލި" ލިސްޓަށް ގެނައި 11 ވަނަ އިސްލާހާއެކު ދެ ތަނެއް މި ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. 

އުނިކޮށްފައިވަނީ ތ. ކަނިމީދޫ އެވެ. މިއީ 67.86 ހެކްޓަރުގެ ރަށެކެވެ. އަދި ދެން މި ލިސްޓުން އުނިކޮށްފައިވަނީ ބ. އަތޮޅުގެ ފަޅެއް އެވެ. އަދި ކަނިމީދޫ ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން 8 އޭޕްރީލް 2021 ގައި އެ ރަށުން 10 ހެކްޓަރުގެ ބިން  ހުޅުވާލި އެވެ. އަދި ފަހުން ބީލަމަށް ހުޅުވާލި ބިމުގެ ސައިޒު ބޮޑު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެވެ. ނަމަވެސް އެވަރުން ވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. ކަނިމީދޫއަކީ ކުރިން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްތަކަށް އަމިއްލަ ފަރާތަކަށް ދޫކުރި ރަށެކެވެ. ނަމަވެސް އެގްރިކަލްޗަ މިނިސްޓްރީގެ ދަށުގައި އޮތް ރަށް ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ތ. އަތޮޅު ކައުންސިލްގެ އިދާރާއާ ވަގުތީ ގޮތުން ބެލެހެއްޓުމަށް ހަވާލުކުރައްވާފަ އެވެ.

ޓޫރިޒަމް ލިސްޓުން ދެން އުނިކުރި ބ. އަތޮޅު ފަޅަކީ ބ. އަތޮޅުގެ އެންމެ ރީތި އެއް ސަރަހައްދު ކަމަށްވާ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވްގައި އޮންނަ ރަށެކެވެ. 

މި ސަރުކާރު އައިފަހުން 2024 ގައި 14 ރަށަކާއި 3 ފަޅެެއް ހިމެނޭހެން ޖުމްލަ 17 ތަނެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުތުރުގެ 4 އަތޮޅަކުން (ހއ، ހދ، ށ، އަދި ލ) ބޮޑެތި ފަޅުތަކާއި ރަށްތަކެއް ވަނީ ހުޅުވާލި އެވެ. މިދިޔަ އަހަރު ޖުމްލަ 15 ތަނެއް ޓޫރިޒަމަށް ހުޅުވާލި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.