ނަމަވެސް އިތުރު ވަގުތު ދިނުމަށް ރައީސް އޮފީހުން މިހާރު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 12:00 އަށް އެ ފުރުސަތު އިތުރުކޮށްފަ އެވެ.

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ތިން ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އިތުރުކޮށްފި އެވެ.
ކޮމެޓީތައް އެކުލަވާލަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓޫރިޒމް، ކޮންސްޓްރަކްޝަން އަދި ފިޝަރީޒް ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އެކުލަވާލާ ކޮމެޓީތަކެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ކޮމެޓީތަކަކީ؛
މި ކޮމެޓީތަކަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލި ފުރުސަތު ހަމަވެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިތުރު ވަގުތު ދިނުމަށް ރައީސް އޮފީހުން މިހާރު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ 12:00 އަށް އެ ފުރުސަތު އިތުރުކޮށްފަ އެވެ.
މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.
ރައީސް އޮފީހުން ބުނީ ކޮމިޓީތަކުގެ މެންބަރުކަމުގެ މަގަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެ ކަމަށެވެ. އަދި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.