ގާތްގަނޑަކަށް 24 މިލިއަން ރުފިޔާގެ މަޝްރޫއު، މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވަނީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕޭޝަންއާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް 24 މިލިއަން ރުފިޔާގެ މަޝްރޫއު، މިދިޔަ ހަފްތާގައި ހަވާލުކޮށްފައިވަނީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕޭޝަންއާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން މާލޭގައި ހުރި 16 ޕަމްޕް ސްޓޭޝަން އޮޓަމޭޓް ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް އޮޓަމޭޓް ކުރާނެ އެވެ.
އަދި އެ ޕަމްޕް ސްޓޭޝަން މޮނީޓާކުރަން ސެންޓްރަލް މޮނިޓަރިން ސްޓޭޝަނެއް ގާއިމްކޮށް، ފެން ހިންދާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެޓިން ވެހިކަލް ގެންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއު އެއް އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅައިފަ އެވެ.