މާދަމާ އިން ފެށިގެން ގަވާއިދާ ހިލާފަށް ހުރި ވެހިކަލްތައް ޓޯ ކުރާނެ: ފުލުހުން

ފުލުހުން ކުރި އިއުލާނެއްގައި ބުނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތަކާއި "އޭ ޒޯން" ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ނިންމާފައިވާ ކަމަށެވެ.

ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ވަނީ ފަށާފައި

މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައް ޓޯކުރުމުގެ އޮޕަރޭޝަނެއް މާދަމާ ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތަކާއި "އޭ ޒޯން" ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ނިންމާފައިވާ ކަމަށެވެ.

އެފަދަ އުޅަނދުތައް މިރޭ 11:30 ގެ ކުރިން ނެގުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޓޯކޮށްގެން ގެންދިޔުމުގެ ތެރޭގައި އަދި ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށާއި ޓޯކުރާ އުޅަނދުތައް އެ ތަނުން އަނބުރާ ގެންދިއުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ހިންގާ ހަރަކާތެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.