ލާމުތާގެ މަސްވެރިން މުޒާހަރާއާ އާއިލާތަކުން ގުޅިއްޖެ

އިހުތިޖާޖުގައި މަސްވެރީންގެ އާއިލާތަކުން ބައިވެރިވެ މިހާރު ދަނީ އަޑުއުފުލަމުންނެވެ. ވަަރަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ ގަމުން މާންދޫއަށް ގޮސް އިހުތިޖާޖުގައި ބައިވެރިވެފައެވެ. މަސްވެެރީން ބުނީ އަދިވެސް ބައިވެރިވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.

މަސްވެރީން މުޒަހާރާ ކުރަނީ: އެ މީހުން ބުނަނީ ނުލިބިވާ ފައިސާ ލިބުމުން ނޫނީ މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް -

ހޮރައިޒަން ފިޝަރީޒްގެ، މާންދޫގައި އެރަށް ނިސްބަތްވާ ލ. އަތޮޅާއި އަދި ކަރިން ތ. އަތޮޮޅުގެ މަސްވެރިން ހިތްހަމަ ނުޖެހިގެން ޝުއޫރުތަކާއެކު ނުކުމެ ހުއްޓާ ނުލައި މާންދޫގައި އިހުތިޖާޖުތައް ކުރިއަށް ގެންދަނިކޮށް މަސްވެެރީންގެ އާއިލާތަކުން މުޒާހަރާއާ ބަައިވެރިވެއްޖެ އެވެ.

އިހުތިޖާޖުގައި މަސްވެރީންގެ އާއިލާތަކުން ބައިވެރިވެ މިހާރު ދަނީ އަޑުއުފުލަމުންނެވެ. ވަަރަށް ގިނަ އަދަދެއްގެ އަންހެނުން ވަނީ ގަމުން މާންދޫއަށް ގޮސް އިހުތިޖާޖުގައި ބައިވެރިވެފައެވެ. މަސްވެެރީން ބުނީ އަދިވެސް ބައިވެރިވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.

މަސް ކިރުވާފައި ފައިސާ ނުލިބި ގިނަ ދުވަސްވުމުގެ ސަބަބުން ލާމުތާ، ދެ އަތޮޅުގެ މަސްވެރިން މުޒާހަރާ ކުރަމުންދާތާ މި އަދު މިއީ ގުނާ ދެ ދުވަހެވެ. މަސްވެރިންގެ ޑިމާންޑަކީ އެ މީހުން މާންދޫ ފެކްޓަރީއަށް ކިރުވި މަހަށް ދޭންޖެހޭ 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިފަހައްޓައިގެން ނުތިބެ އަވަހާ ދޫކޮށްލުމެވެ. މި މައްސަލަ ވަރަށް ބޮޑަށް ގޯސްވެ މާންދޫގައި ސުލްހަވެރި މުޒާހަރާއެއް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މައްސަލާގައި ފުރަތަމަ ފަހަރަށް ނޫހަކަށް ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަދި މާންދޫ ފެކްޓްރީ ނިސްބަތްވާ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވީ ލާމުތާގެ މަސްވެރިންގެ ޝަކުވާތަކުގައި ހިމެނޭ ހައްލު ކުރަން ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެކަމަކު ވާހަކަ ދައްކަނީ ކޮން ގޮތަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެއްވެސް ތަފުސީލެއް ވެސް ނުދެއްވަ އެވެ.

ސަރުކާރުގެ ފަރާތުން ފުރަތަމަ ފަހަރަށް މި މައްސަލާގައި އިވިގެން ދިޔައިރު، އެ ވާހަކަ އެ ދެ އަތޮޅުގެ މަސްވެރިން ދޮގު ކުރެ އެވެ. ލާމުތާ މަސްވެރިންގެ ފަރާތުން "މި" ނޫހަށް ވާހަކަ ދައްކަމުން ލ. ގަން މަސްވެރިންގެ ޖަމިއްޔާގެ ރައީސް ހުސެއިން ހަނީފު ވިދާޅުވީ "މިނިސްޓަރު ހުސައިން ކަނޑައެޅިގެން އިތުރުފުޅު ހައްދަވަމުން ގެންދަވާ" ކަމަށެވެ.

"މި މައްސަލަ [މަސް ކިރުވާފަ ފައިސާ ނުލިބުމު] ކަންކަމުގައި ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކާ. އަޅުގަނޑުމެން އެބަދަން [ކާރުހާނާގެ] މެނޭޖުމަންޓާ މިކަމުގައި ވާހަކަ ދައްކަމުން،" ހަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ހައްލު ކުރަން މިއަދުވެސް ހޮރައިޒަން ފިޝަރީޒުގެ ސީނިޔަ މެނޭޖުމަންޓާ ބައްދަލު ކޮށްފައިވާ ކަމަށާ މަސްވެރިންގެ ބޭނުންވާ ފަދައިން އެދެވޭ ކުރިއެރުމެއް އެ ބައްދަލުވުމުގައި ވެސް ނުލިބުނު ކަމަށެވެ.

މަސްވެރިން އެދެނީ މަސް ކިރުވާފައި ފައިސާ ނުދީ ހުރި ދުވަސްތަކުގެ ފައިސާ ދޭން. އަޅުގަނޑުމެން އެދުނީ 21 މިލިއަން ނުދެވޭނަމަ ދެ ބައިކުޅަ އެއްބަ ދޭން. އެކަމަކު އެކޮޅުން ބުނަނީ އެވަރު ވެސް ދެވެން ނެތް ކަމަށް. އަޅުގަނޑުމެން ގަބޫލު ކުރަނީ އެވަރު ދެވޭނެ ކަމަށް. މިވަރުގެ ފެކްޓްރީއެއް ހިންގާ ބަޔަކަށް އެވަރު ނުދެވޭނަމަ ގަބޫލު ކުރަނީ އެހަމަ ގަސްތުގައި ނުދެނީ ކަމަށް،" ހަނީފު ވިދާޅުވި އެވެ.

ހަނީފު ވިދާޅުވީ މި އިހުތިޖާޖުގެ ކަންކަން ދާގޮތް ފުލުހުންނަށް އެނގޭނެ ކަމަށާ، ހޮރައިޒަން ކުންފުނިން ބޭނުން ވަނީ ފެކްޓްރީގެ އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތެއް ހަދައިދޭނެ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް އެތައް މިލިއަން ރުފިޔާއަކަށް ދަރައި، އެ ނުދީ މަސްވެރިން ހާލުގައި ތިބިއިރު އެ ފެކްޓްރީގެ އޮޕަރޭޝަން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ލާމު ތާގެ މަސްވެރިންގެ އަނެއް ޑިމާންޑަކީ ތެލާއި އައިސް އެކަށީގެންވާ ގޮތެއްގައި ލިބުމެވެ. މިހާރު ދޯންޏަކަށް މާންދޫން ދޫކުރަނީ 700 ލިޓަރާއި 800 ލިޓަރުގެ މިންވަރެވެ. އެވަރަކީ މަހަށް ފުރާ ދޯންޏަކަަށް ކުޑަ އަދަދެކެވެ. އަދި އައިސް ވިއްކަނީ 500 ކިލޯގެ މަގުންނެވެ. މަސްވެރިންގެ ޑިމާންޑަކީ މަދުވެގެން ދެ ޓަނުގެ އައިސް ދޯންޏަކަށް ވިއްކުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.