ނަގުދު ފައިސާއާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

މީހަކު ފިތުރު ޒަކާތް ދައްކަނީ --

އޮންލައިންކޮށް ޒަކާތް ދައްކަން އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށް، ނަގުދު ފައިސާ އާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.

އެ ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ؛

  •  މިއަދުން ފެށިގެން އަންނަ މަހުގެ 9ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް
  •  އަންނަ މަހުގެ 10-19 އަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް

ޒަކާތު ހައުސްއިން ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތަކުން ފިތުރު ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށް ކަމަށެވެ. 

ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމަށް ކައުންސިލްތަކުން ބޭނުންކުރާނީ އެކަމަށްޓަކައި ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ފިތުރު ޕޯޓަލްއަށެވެ.

ނަގުދު ފައިސާ އާއި ކޭޝްކާޑުން ޒަކާތް ބަލައިގަންނަން މިއަދު ފެށިއިރު، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ދަނީ ޒަކާތް ބަލައިގަންނަމުންނެވެ. އެގޮތުން ޖުމްލަ 7 ޕޯޓަލްއެއް މެދުވެރިކޮށް މިއަހަރު ޒަކާތް ދެއްކޭނެ އެވެ. އެއީ؛

  •  ދިރާގު މޯބައލި އެޕާއި ދިރާގު ޕޭ ވެބްސައިޓް
  •  އުރީދޫ އެމް ފައިސާ މޯބައިލް އެޕް
  •  މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
  •  ބޭންކް އޮފް މީލްޑިވްސް މޯބައިލް އެފް
  •  ފަހިޕޭ މޯބައިލް އެފް
  •  އަވަސް މޯބައިލް އެފް
  •  ބަނޑޭރި ޕޭ މޯބައިލް އެފް

މީގެތެރެއިން ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަސް ނިމެންދެން ޒަކާތް ދެއްކޭނެ އެވެ. އެހެން ޕޯޓަލްތަކުން ޒަކާތް ދެއްކޭނީ ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.

މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު

  •  އާދައިގެ ހަނޑޫ: 12ރ.
  •  ތައިލެންޑް ހުދު ހަނޑޫ: 53ރ.
  •  ރަތް ހަނޑޫ: 96ރ.
  •  ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
  •  ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
  •  ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
  •  އާދައިގެ ފުށް: 10ރ.
  •  އާޓާ ފުށް: 75ރ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.