ތަކުރާރުކޮށް ބަންދު ކުރަން ޖެހޭތީ އެމީހާގެ ރަށުގައި ބަންދުކުރަން ކޯޓުން އިރުޝާދު ދީފި

މާލޭގެ މަގުމަތީގައި އުޅޭ ކަމަށް ބުނާ އެމީހަކީ ޅ. ކުރެންދޫ، ބޮޑުގަސްދޮށުގެ، އަބްދުﷲ ޝަރީފު 45، އެވެ. އޭނާ އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ، އެތަނުން ވައްކަން ކުރަން އުޅުނު މައްސަލައެއްގަ އެވެ.

މާލޭ ބޭރު ނެރުމަތީގައި މީހަކު ނިދާފައި -- ފޮޓޯ: ސޯޝަލް މީޑީއާ

މާލޭގައި ކުށުގެ ވެށީގައި އުޅޭ، ތަކުރާރުކޮށް ފުލުހުން ހައްޔަރުކޮށް ބަންދުކުރަން ޖެހޭ މީހެއްގެ އުފަން ރަށް ހިމެނޭ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިރުޝާދު ދީފި އެވެ.

މާލޭގެ މަގުމަތީގައި އުޅޭ ކަމަށް ބުނާ އެމީހަކީ ޅ. ކުރެންދޫ، ބޮޑުގަސްދޮށުގެ، އަބްދުﷲ ޝަރީފު 45، އެވެ. އޭނާ އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ، އެތަނުން ވައްކަން ކުރަން އުޅުނު މައްސަލައެއްގަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ނެރެފައިވާ އަމުރުގައި ބުނީ، ފުލުހުން އެތަނަށް ދިޔައިރު އޭނާ އިނީ ރޯދަ މަހުގެ ދުވާލު ގަޑީގައި ކާން ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން، އެތަނުގައި ހުރި ކެމެރާގެ ޑައިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އަމުރުގައިވެ އެވެ.

ފުލުހުން ކޯޓުގައި ބުނެފައި ވަނީ އޭނާ ފެނުނުއިރު ކައިރީގައި އޭސީ އައުޓްޑޯ ޔުނިޓަކާއި ރޫޅާލަން ބޭނުންކުރާ ޓޫލްސް ފެނިފައިވާ ކަމަށެވެ. ސީންގައި ސުވާލުކުރުމުން ފުރަތަމަ ބުނެފައި ވަނީ ވަރުބަލިވެގެން އަރާމުކޮށްލަން އެތަނަށް ވަނީ ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ، އިތުރު ދެމީހަކާއެކު ވައްކަން ކުރަން ވަނީ ކަމަށާއި ބައިވެރިވި ދެ މީހުން އެތަނުން ފިލާފައިވާ ކަމަށެވެ.

އެކަމަކު ޝަރީއަތުގައި ތަކުރާރުކޮށް ކުށަށް އިންކާރުކޮށް، އެތަނަށް ވަނީ ވަރުބަލިފިލުވާލަން ކަމަށް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އަސައާއެކު ބުނީ އުޅެނީ މަގުމަތީގައި ކަމަށް

އަބްދުﷲ ޝަރީފުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމާއި ހައްޔަރު / ބަންދު ގިނަކަމުން، އޭނާއަށް ޝަރީއަތުން ނަސޭހަތްތެރިވެފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.

"ނަސޭހަތްތެރިވުމުން، އަސަރާއެކު، މީހާ ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް ކަމަށާއި، ވަޒީފާއެއް ނެތް ކަމަށާއި، ނިދަނީވެސް މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމުގައި ބުނެފައިވޭ،" ކޯޓު އަމުރުގައިވެ އެވެ.

ނަމަވެސް މީގެ ކުރިންވެސް އުފަން ރަށަށް ބަދަލުވުމަށް އޭނާގެ ފަރާތުން އެދިގެން އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މައްސަލައިގެ އައިއޯ ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެ އެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ ރަށަށް ބަދަލު ނުވެވުނީ ޖޯއްޔެއްގައި ނިދާފައި އޮއްވައި، ޖީބު ކީހާލައިގެން، ފައިސާ އާއި ފޯނު ވަގަށް ނެގުމުން ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން އޭނާގެ ހާލަތަށް ރިއާޔަތްކޮށް، ފުލުހުންގެ އިންތިޒާމްތަކުގެ ތެރެއިން، އޭނާ ބަންދުގައި ބަހައްޓާތަން، އުފަން ރަށް ކަމަށްވާ ކުރެންދޫ ހިމެނޭ ތަނަކަށް ބަދަލުކުރެވިއްޖެނަމަ، އެކަން ހާސިލްވާނެ ކަމަށް ފެންނަ ގާޒީ އިރުޝާދުދެއްވާފައިވެ އެވެ.

ވައްކަމުގެ މި މައްސަލައިގައި ގާޒީ ސަފްއަތު ހަބީބް ނެރުއްވި އެ އަމުރުގައި، އަބްދުﷲ ޝަރީފު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.