ވެލްކަމް އިންޑިއާ ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި

މަޓާޓޯއިން "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ރޯޑްޝޯއަކީ މަޓާޓޯ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އެންއެޗްގޭމް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީތަކާއި ތާރީހްތައް

  •  ޗެންނާއީ: 23 މާރިޗު 2026
  •  އަހުމަދުއާބާދު: 25 މާރިޗު 2026
  •  ޖައިޕޫރު: 27 މާރިޗު 2026

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓެއް ކަމަށްވާ އިންޑިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، އެ ގައުމުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާ ސީދާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ ފުރުސަތު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހޯދައިދިނުމެވެ.

ބައިވެރިވުމުގެ އަގުތައް

  •  ތިން ސިޓީއަށް: 3,500 އެމެރިކާ ޑޮލަރު
  •  ވަކި ސިޓީއަކަށް: 1,400 އެމެރިކާ ޑޮލަރު

މަޓާޓޯ އިން ހާމަކުރި ގޮތުގައި، މި ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވަކި އަދަދަކަށެވެ. އެހެންކަމުން، ބައިވެރިވާން އެދޭ ފަރާތްތަކުން ވީހާވެސް އަވަހަށް ރެޖިސްޓްރީ ކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރެއެވެ. ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.