އެ އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ތިން ކިލޯއަށްވުރެ ގިނަ ނަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ތިން ކިލޯއަށްވުރެ ގިނަ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް 36، އާއި ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް 28، އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް ފަސް ދުވަހަށް އަދި، އަޒުހަދު 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.