ރާއްޖެ އަށް އެއާ އިންޑިއާގެ ދަތުރުތައް ފެށިތާ ބައިގަރުނު ފުރުން ފާހަގަ ކޮށްފި

ރާއްޖެ މިއަދު އައި އެއާ އިންޑިއާގެ ފްލައިޓް-- ފޮޓޯ: އެމްއޭސީއެލް

އިންޑީއާގެ ގައުމީ އެއާލައިންސް، އެއާ އިންޑިއާ އިން ރާއްޖެ އަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ފާހަގަ ކޮށްފި އެވެ.

އެއާ އިންޑިއާއަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރި އިންޑިއާގެ އެއާލައިނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނީ އެ ތާރީހީ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސެލިއުޓެއް އަރުވާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވީއައިއޭގެ ފަރާތުން ވަނީ ފިނިފެންމަލާއި ކުކީޒް ހަދިޔާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއާ އިންޑިއާ އިން އައި ފަތުރުވެރިންނަށް ވަނީ މަރުހަބާ ކިޔައި ހަދިޔާ ދީފައި--ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނި ގޮތުގައި މި ހަރަކާތަކީ އެއާ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ވީއައިއޭ އިން ކުރިޔަށް ގެންދިޔަ ހާއްސަ ހަރަކާތެކެވެ.

އެއާ އިންޑިއާ އިން ރާއްޖެ އަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ ފެބްރުއަރީ 21، 1976 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.