އައްޑޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމް ވެއްޖެ

އޭނާ އިސްލާމް ދީން ގަބޫލުކޮށް، ޝަހާދަތް ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެފަ އެވެ. އެ ޕޯސްޓްކޮށްފައިވާ ޕޭޖުން ބުނީ އޭނާގެ ނަން މިހާރު އަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިސްލާމްވި ލަންކާ މީހާއަށް ދިވެއްސަރު ޝަހާދަތް ލައިދެނީ -- ސްކްރީންޝޮޓެއް

އައްޑޫ ސިޓީގެ ފޭދޫގައި މަސައްކަތް ކުރާ ލަންކާ މީހަކު އިސްލާމްވެއްޖެ އެވެ.

އިސްލާމްވެފައި ވަނީ އެ ސިޓީގެ ފޭދޫގައި ހުންނަ 'ނަޔާ ސެލޫން' ގައި މަސައްކަތް ކުރަމުން އަންނަ ޖަޔަންސިންހާ އަރައްޗިގެ ވަރުނަ ޕްރަތާބް ސަސަރުވަން ކިޔާ ލަންކާ ރައްޔިތެކެވެ.

އޭނާ އިސްލާމް ދީން ގަބޫލުކޮށް، ޝަހާދަތް ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެފަ އެވެ. އެ ޕޯސްޓްކޮށްފައިވާ ޕޭޖުން ބުނީ އޭނާގެ ނަން މިހާރު އަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"އިސްލާމްދީން ގަބޫލުކުރުމަށްފަހު އެނާގެ ނަން ވަނީ އަބްދުﷲ އާދަމްގެ ނަމަށް ބަދަލުކޮށްފައި. ﷲ ތައާލާ، އަބްދުﷲ އާދަމް އަށް އިސްލާމްދީން މަތީ މަރުވުމާއި ހަމައަށް ސާބިތުކަން ދެއްވާށި. އާމީން،" މިޝްކަތް ފައުންޑޭޝަން ކިޔާ އެ ޕޭޖުން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ. 

އެ ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ތެރޭގައި ދިވެއްސަކު، އަބްދުﷲއަށް ޝަހާދަތް ލައިދޭ މަންޒަރެވެ. އެމީހާގެ ފަހަތުން އަބްދުﷲ ވަނީ ޝަހާދަތުގެ ދެކަލިމަ ތަކުރާރުކޮށްފަ އެވެ. 

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެއަށް އައި ނޮދަން އަޔަލޭންޑްގެ ފަތުރުވެރިޔަކުވެސް ވަނީ އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. އެއީ ޗުއްޓީއަށް ދިއްފުއްޓަށް އައިސް އުޅުނު އަންހެން ފަތުރުވެރިއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.