ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގައާއި އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމާއި އެހެނިހެން ކަންކަމަށް މިހާތަނަށް 135،471.80ރ ހަރަދު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ބުދަ ދުވަހުގެ ރޭ މާލެ ސިޓީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަަށް އެހީވުމަށް އެހީވުމަށް މިހާތަނަށް 135،000 ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެމްޑީއެންއޭ) އިން ބުނެފި އެވެ.
އެމްޑީއެންއޭ އިން ބުނީ ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން މިވަގުތު ފޯރުކޮށް ދެމުން ދަނީ 33 މީހަކަށް ކަމަށެވެ. އެއީ 15 ބިދޭސީންނާއި 18 ދިވެހީންނެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި 8 ފިރިހެނުންނެވެ. އެއީ ބަންގްލަދޭޝް މީހަކާއި އިންޑިއާގެ 14 މީހެކެވެ.
ދިވެހީންގެ ތެރޭގައި ހިމެނެނީ 12 އަންހެނުންނާއި ހަ ފިރިހެނުންނެވެ. ދިވެހީންގެ ތެރޭގައި ހަ ކުދީން ހިމެނެއެވެ.
އެމްޑީއެންއޭ އިން ބުނީ މި ކުދީންގެ ތެރެއިން ސުކޫލް ކުދީން އަނބުރާ ސުކޫލަށް ދިއުމަށް ބޭނުންވާ އެހީތެރިކަން އެޑިއުކޭޝަން މިނިސްޓްރީ އާއި ސުކޫލުތަކާއި ގުޅިގެން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން އަލިފާނުގެ ހާދިސާގައި އަސަރުކޮށްފައިވާ ގޭގޭގެ ޑެމޭޓް އެސެސްމަންޓް މިހާރު ވަނީ ފަށާފައި ކަމަށްވެސް ބުންޏެވެ. އަދި ބޯހިޔާވަހިކަން ގެއްލުނު ބިދޭސީން މަސައްކަތްތެރިންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމުގެ މަސައްކަތް ދިވެހި ރެޑްކެރެންސްޓާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް އިންސާނީ އެހީގެ ގޮތުގައާއި އިވަކުއޭޝަން ސެންޓަރުގައި މީހުން ބޭތިއްބުމަށް ބޭނުންވާ ތަކެތި ހޯދުމާއި އެހެނިހެން ކަންކަމަށް މިހާތަނަށް 135،471.80ރ ހަރަދު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ބުދަ ދުވަހުގެ ރޭގެ އަލިފާނުގެ ހާދިސާގައި ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި / ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާގައި 10 މީހަކު ފިހިގެން މަރުވި އެވެ.