އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރުގައި ބުނީ، އޭނާ ހައްޔަރު ކުރީ ބިދޭސީއަކު ރަހީނުކުރުމަށްފަހު އަނިޔާ ކުރި މައްސަލައެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިގްބާލް މިއާ، 35 އެވެ.
އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރުގައި ބުނީ، އޭނާ ހައްޔަރު ކުރީ ބިދޭސީއަކު ރަހީނުކުރުމަށްފަހު އަނިޔާ ކުރި މައްސަލައެއްގައި ކަމަށެވެ.
ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމުގެ އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.
އެހެންވެ، އިގްބާލް މިއާ އަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ފިލައިފާނެ ކަމަށް ބެލެވޭތީ، 30 ދުވަހަށް ބަންދުކުރުމަށް އެ އަމުރުގައި ވަނީ އަމުރުކޮށްފަ އެވެ.