ވަން އެވެނިއު އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑު ގެއްލުމެއް

އެގޮތުން، އެތަނުގައި ދިރިއުޅޭ އާއިލާގެ ފަސް މެންބަރުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖެއް ހިމެނެ އެވެ.

އަލިފާން ރޯވި އެޕާޓްމެންޓްގެ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި --

ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އެޕާޓްމަންޓެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއްލުން ވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ އަލިފާން ރޯވެފައި ވަނީ ވަން އެވެނިއުގެ ހަތްވަނަ ފްލޯގައި ހުރި އެޕާޓްމެންޓްގައި ކަމަށެވެ. އަލިފާން ރޯވީ އެތަކުގެ ބަދިގޭގަ އެވެ.

އަލިފާން ރޯވި ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެޕާޓްމެންޓްގައި ދިރިއުޅޭ އާއިލާއަށް އެންޑީއެމްއޭއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެގޮތުން، އެތަނުގައި ދިރިއުޅޭ އާއިލާގެ ފަސް މެންބަރުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ ކަންކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖެއް ހިމެނެ އެވެ.

މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.