ރޯދައިގެ ފުރަތަމަ ދުވަހު އެންމެ ގިނައިން އެމްޕީއެލްއިން ކްލިއަކުރީ ކުކުޅު ބިސް

އެމްޕީއެލްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންޓެއިނާ އާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3600 ފްރައިޓް ޓަންގެ ތަކެތި ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

މާލެ ވިޔަފާރި ބަނދަރުން މުދާ ކްލިއަ ކުރަނީ -- އެމްޕީއެލް

ރޯދައިގެ ފުރަތަމަ ދުވަހު ރާއްޖެއަށް އެތެރެކޮށް އެންމެ ގިނައިން އެމްޕީއެލް އިން ކްލިއަކޮށްފައިވަނީ ކުކުޅު ބިހެވެ. 

އެމްޕީއެލްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންޓެއިނާ އާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3600 ފްރައިޓް ޓަންގެ ތަކެތި ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ. މީގެތެރޭގައި ކޮންސައިމަންޓުގެ އަދަދަކީ 167 ފްރައިޓް ޓަނުގެ މުދަކެވެ.

ރޯދައިގެ ފުރަތަމަ ދުވަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށް އަދި ކްލިއަކޮށްފައިވަނީ ކުކުޅު ބިހެވެ. މިގޮތުން 3656 ކޭސް ކުޅުޅު ބިސް ވަނީ ބަނދަރުން ނެރެ ވިޔަފާރިވެރިންނާ ހަވާލުކޮށްފަ އެވެ. އަދި ފިޔާއެވެ، ރޯދައިގެ ފުރަތަމަ ދުވަހު 1224 ބަސްތާ އަލުވި ވަނީ ނެރެފަ އެވެ. 

އެމްޕީއެލްއިން ވަނީ ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ މުދާ، ވަކިން ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ބާޒާރަށް ނެރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުން ޚާއްސަ ތައްޔާރީ ތަކެއްވެސް ވެފަ އެވެ. 

މި އޮޕަރޭޝަން ވަރުގަގަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން، މިހާރު ވެސް ކާބޯތަކެތި ހިފައިގެން އައިސްފައިވާ ދެ ބޯޓަކުން މުދާ ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ހަދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.