ސްޓެލްކޯއިން ގުޅިއަށް 800 ކިލޯވޮޓުގެ އިންޖީނެއް ބަހައްޓައިފި

ސްޓެލްކޯއިން ބުނީ އެ އިންޖީނުން ޚިދުމަތްދޭން ވަނީ ފެށިފައިވާ ކަމަށާ، މި އައު އިންޖީނާއިއެކު ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ އެވެ.

ސްޓެލްކޯގެ މުވައްޒަފުން އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރަނީ -- ސްޓެލްކޯ

މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅިއަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައިފި އެވެ.

ސްޓެލްކޯއިން ބުނީ އެ އިންޖީނުން ޚިދުމަތްދޭން ވަނީ ފެށިފައިވާ ކަމަށާ، މި އައު އިންޖީނާއިއެކު ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިގެންދާނެ އެވެ. 

މާލޭގެ ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ގުޅިއަކީ މާލެއިން ނުވަތަ އެއާޕޯޓުން ފުރައިގެން ސްޕީޑް ބޯޓެއްގައި ގާތްގަނޑަކަށް 20-25 މިނެޓުން މި ރަށަށް ދެވޭނެ އެވެ. ގުޅިއަކީ "ލޯކަލް ޓޫރިޒަމް" ނުވަތަ ރަށު ޓޫރިޒަމަށ ވަރަށް ބޮޑަށް ހުޅުވިފައިވާ ރަށެކެވެ. މި ރަށުގެ އުތުރު ފަރާތުގައި އޮންނަ ހުދު ދޮންވެލި ގަނޑަކީ ރާއްޖޭގެ ރަށެއްގައި އޮތް އެންމެ ރީތި އެއް ބީޗެވެ. މިތަނުގެ މޫދު ނުހަނު ސާފެވެ.

ސްޓެލްކޯއިން ދަނީ ޕީކް ސީޒަނަށް ތައްޔާރުވަމުންނެވެ. މި އަހަރުގެ ސީޒަނަށް ހާއްސަކޮށް 12 ރަށެއްގައި ވަނީ އިންޖީނު ބަހައްޓާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.