މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާގްލޯބަލް އަދި ސެކިއުރިޓައިޒް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕްގެ މަސްލަހަތި އޮންނަ ކުންފުނިން ރާއްޖޭގައި ހަދާ ރިސޯޓުގެ ފައިދާ ޑިޖިޓަލް ވަސީލަތްތަކުން "ޓޯކަނައިޒް" ކޮށް ގަނެ ވިއްކޭ ގޮތް ހަދަން ނިންމައިފި އެވެ.
މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ދާގްލޯބަލް އަދި ސެކިއުރިޓައިޒް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ޓްރަމްޕް އާއިލާގެ ކްރިޕްޓޯ މަޝްރޫއު، ވޯލްޑް ލިބަޓީ ފައިނޭންޝަލް (ޑަބްލިއުއެލްއެފް) ގެ ކޯ-ފައުންޑަރ އެރިކް ޓްރަމްޕް "ދަ ޑިފައިއަންޓް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއީ ހަމައެކަނި ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެކި ބާވަތުގެ މުދަލާއި، އާޓިސްޓުން އަދި ބްރޭންޑްތައް ވެސް ޓޯކަނައިޒް ކުރެވިގެންދާނެ ކަމަށެވެ.
މިއީ ރިސޯޓް ތަރައްގީކުރުމަށް ނަގާފައިވާ ލޯނުތަކުން ލިބޭ އާމްދަނީގެ ހިއްސާއެއް ޓޯކަނައިޒް ކުރުމެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ފައިދާއެއް ލިބޭނެއެވެ.
މި ރިސޯޓުގައި ގާތްގަނޑަކަށް 80 އާއި 100 އާ ދެމެދުގެ އަދަދަކަށް ވިލާ ހުރެ އެވެ. މީގެ ތެރޭގައި މޫދު ވިލާ އަދި ބީޗް ވިލާ ވެސް ހިމެނެ އެވެ. މި ރިސޯޓް އޮންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުވަތަ މާލެއިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރާސްތާގަ އެވެ.