މައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަނީ

އެ ކަންބޮޑުވުންތަކާ ގުޅިގެން، ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓަށް ވޯޓަށް ދެކޮޅު ހެދުމަށް ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން. --ފޮޓޯ: އެމްޑީޕީ

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ދެން އޮންނަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު އެމްޑީޕީން ރޭ ނިންމައިފި އެވެ. 

ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހެވެ.

މި ބިލުގައި ހިމެނޭ އިސްލާހުތަކަކީ، ރައީސް އެ ބިލު ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ލާޒިމުކޮށްފައިވާ އިސްލާހުތަކެއް ކަމަށްވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަރާރު ނެރުއްވައިފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން. --ފޮޓޯ: އެމްޑީޕީ

ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

އެ ގަރާރާ މެދު ކުރި ބަހުސްގައި، ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ އަވަސް އަރުވާލައިގެން ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން މަސައްކަތް ކުރަނީ، ހީލަތްތެރި ރޭވުމެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށްފަ އެވެ. 

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެ އިންތިހާބު އެއްކޮށްލައިފި ކަމަށް ވަންޏާ، ފަސް އަހަރުގެ ތެރޭގައި އެއް ފަހަރު ބަސް ބުނުމަށް ފަހު ރައްޔިތުން ދެން ތިބެން ޖެހޭނީ އަނގަ ބަންދުކޮށްގެން، ބަސް ބުނުމުގެ އެއްވެސް ފުރުސަތެއް، ސަރުކާރާ މެދު ދެކޭ ގޮތް ބުނުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ،" އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާޙިމް ނާޒިލް ވިދާޅުވީ މިއީ ހަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުންގެ ކައިރިއަށް ނުގޮސް ކަންކަން ނިންމަން ކޮށާ މަގެއް ކަމަށެވެ. 

އަދި، މިކަމުގައި އެކަށީގެންވާ ވަގުތު ނުދީ، ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭނެ ޖާގަ ނުދޭތީ އޭނާ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. 

އެ ކަންބޮޑުވުންތަކާ ގުޅިގެން، ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓަށް ވޯޓަށް ދެކޮޅު ހެދުމަށް ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.

އޭގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމަށް، މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހަައްމަދު ރާއީ ހުށަހެޅުއްވި ގަރާރު ވެސް، ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

އެ ބިލުގައި ވަނީ، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާ އެކުގައި ކަމަށެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.

މި އިސްލާހަށް އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާއި 2029 ގެ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެކީގަ އެވެ. އަދި މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 އަށް ހަމަވާނެ އެވެ.

މިހާރުގެ މަޖިލީސް ދައުރު ފެށުނީ މެއި 28، 2024 ގައެވެ. ގާނޫނު އަސާސީ މިހާރު އޮތް ގޮތުން ފަސް އަހަރުގެ ދައުރު ހަމަވާނީ މެއި، 2029 ގައެވެ. ނަމަވެސް މި އިސްލާހަށް އަމަލުކުރަން ފެށުމާއެކު ފަސް މަހެއްހާ ދުވަސް މި ދައުރުން އުނިވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.