ޖަރާސީމު ހުރި ފެން ރިކޯލްކޮށް، ސަބަބު ދެނެގަތުމުގެ މަސައްކަތް ހެންޑީ ވޯޓާއިން ފަށައިފި

ހޭންޑީ އިންޑަސްޓްރީޒުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް މެދުވެރިވި ސަބަބު ދެނެގަނެ، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

ޖަރާސީމުގެ އަސަރު ހުރި ކަމަށް ފާހަގަވި ބެޗުގެ ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތައް ރިކޯލްކޮށް، ފެން ތަޣައްޔަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ. 

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ވަނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 550 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާތީ އެކަމަށް ސަމާލުވާން އާންމުންނަށް އަންގައިފަ އެވެ.

އަދި ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން ވަނީ އަންގައިފަ އެވެ. 

އެކަމާ ގުޅިގެން، ހޭންޑީ އިންޑަސްޓްރީޒުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް މެދުވެރިވި ސަބަބު ދެނެގަނެ، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

"އެމްއެފްޑީއޭ އިން ޓެސްޓުކޮށް، ބެލިއިރު ހޭންޑީ ވޯޓާގެ ML 330 ގެ 007 ބެޗު، 006 ބެޗު، 500 ML ގެ 0026 ބެޗު، 1،000 ML ގެ 009 ބެޗު، 0011 ބެޗުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީ މި ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް މި ކުންފުނިން ވާނީ ރީކޯލް ކޮށްފަ އެވެ،" އެ ކުންފުނިން ބުންޏެވެ.

އަދި ޖަރާސީމު ހުރި ކަމަށް ދެއްކި ބެޗުގެ އެއްވެސް ފުޅިއެއް މާކެޓުގައި މިހާރު ނުހުންނާނެކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.