އަސާސީ 26 ބާވަތް | އެސްޓީއޯއިން އަމިއްލަ ފަރާތްތަކާއެކު މުޅިރާއްޖެއަށް ފަތުރާލާފަ

އެސްޓީއޯއިން ވަނީ އަސާސީ 26 ބާވަތް ޕްރައިވެޓް ސެކްޓަރަށް އަގުހެޔޮކޮށް ދޫކޮށްފަ އެވެ. އަދި އެ ކުންފުނީގެ ރަށްރަށުގެ ފިހާރަތަކުން ވަކިން އަގުހެޔޮކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފަ އެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ފިހާރައިން ބަޔަކު ވިޔަފާރި ކުރަނީ -- އެސްޓީއޯ

ދިވެހިން ބޭނުން ކުރާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި މިވީ 60 އަހަރުތެރޭގައި އޮތީ ކާޑުގެ ތިން ބާވަތް އެކަންޏެވެ. އެއޯ ހަނޑޫ، ހަކުރު އަދި ފުށެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޒަމާނަށް އައި ބަދަލާއެކު އަސާސީ ކާބޯތަކެތީގ ލިސްޓު ދިގުކޮށްފަ އެވެ. މިހާރު މި ލިސްޓުގައި ތަރުކާރީގެ 10 ބާވަތަކާއި މޭވާގެ 10 ބާވަތުގެ އިތުރުން މުގު ވެސް ހިމެނެ އެވެ. މިއާއެކު މި ތަކެތި މުޅިރާއްޖެ އަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ހަވާލުކުރީ ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއާ އެވެ. އެސްޓީއޯއަކީ މީގެ 60 އަހަރު ކުރިން ވެސް މި މަސައްކަތް ކުރި ކުންފުންޏެވެ، ނަމަވެސް މިހާރާއި އޭރުގެ ތަފާތަކީ އެސްޓީއޯ އުފެދުމުގެ 22 އަހަރު ކުރިން އަތިރީމާފަންނު ޓްރޭޑިން އެކައުންޓް (އޭޓީއޭ) އޭރު އެކަން ކުރުމެވެ. ތަފާތަކީ "އޭޓީއޭ" އާއި "އެސްޓީއޯ" ނަމެވެ. އޭރު މިއީ "އެސްޓީއޯ" އެވެ. ނަމަވެސް ރާއްޖެ އަށް ތަރުކާރީ އާއި މޭވާ ގެނެސް އާއްމުކޮށް ވިއްކުމަކީ އެސްޓީއޯ އިން ކުރާ ކަމަށް ނުވާތީ އެ ކުންފުނިން ފުރަތަމަ ޖެހުނީ މިކަން ދަސްކުރުމުގެ މަރުހަލާއެއް ކަނޑައްތު ކުރާށެވެ. 

އެކަން އެސްޓީއޯ އެމްޑީ ޝިމާދު އިބްރާހިމް ވެސް މީގެ ކުރިން ވަނީ ފާހަގަ ކުރައްވާފަ އެވެ. ނަމަވެސް މި މަރުހަލާ ފުރިހަމަކޮށް އެސްޓީއޯ އިން މިވަނީ ރޯދަ މަސް ފެށެންވާއިރަށް އަސާސީ ލިސްޓުގެ ހުރިހާ ބާވަތެއް މުޅި ރާއްޖެ އަށް ފަތުރާލާފަ އެވެ. މިކަންކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާވެސް އެކުގަ އެވެ. 

ރޯދަ މަސް ފެށުނުއިރު އެސްޓީއޯ އިން މިކަންކޮށް ވަނީ ނިންމާލާފަ އެވެ. މިމަަގަށް ދާން އެސްޓީއޯ އިން މުދާ ހިފައިގެން ގޮސް އެސްޓީއޯއިން އަމިއްލައަށް ފިހާރަތައް ހުޅުވައިގެން އެ ކުންފުނި އަމިއްލައަށް ވިއްކީއެއް ނޫނެވެ. އެސްޓީއޯ އިން ފުރަތަމަ ކުރި ކަމަކީ ބާޒާރު މަތީގައި "ހޯލްސޭލް ސެންޓެއް" ހުޅުވުމެވެ. ބޭނުމަކީ ފަޅު އޮޑިފަހަރަށް މުދާ އަރުވަން ފަސޭހަ ހިސާބެއްގައި ފިހާރައެއް ހުޅުވުމެވެ. މީގެ ނަތީޖާއަކީ ގިނަ ރަށްތަކެއްގައި އަސާސީ 26 ބާވަތް މިހާރު ލިބެން ހުރުމެވެ. މާނައަކީ އެސްޓީއޯއިން އޮރެންޖެއް 6ރ. އަށް ހުރިނަމަ އެސްޓީއޯ އިން ގަނޑުކޮށް މި އޮރެންޖް ނަގައިގެން ގޮސް ރަށްރަށުގައި 6ރ، އަށް ވިއްކޭނެ އަގުގައި އެ ކުންފުނިން ވަނީ ޕްރައިވެޓް ސެކްޓަރަށް ދޫކުރަމުނެވެ. މިއީ އާއްމު ވިޔަފާރިވެރިން މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް އަގުހެޔޮކޮށް މުދާ ފޯރުކޮށް ދޭން އިކޮނޮމިކް މިނިސްޓްރީގެ އިރުޝާދާއެކު އެޅި ހަރުދަނާ ފިޔަވަޅެވެ. 

އެސްޓީއޯއިން އަސާސީ ބާވަތްތައް ފޯރުކޮށްދޭ ރަށްތައް

މި ނިންމުމުން އެނގިގެން ދަނީ އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ ޝައުގެއް ނެތް ކަމެވެ. އެ ކުންފުނިން ކުރާ ހަމައެކަނި ކަމަކީ ހިދުމަތެއް ދިނުމެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ދިރިއުޅޭ ގްރޭޓާމާލެ ސަރަހައްދުން މި ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ކުރަން އެސްޓީއޯ އިން ވަނީ މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ވެސް ފިހާރަތައް ހުޅުވާފަ އެވެ. މިއީ 200،000 އަށްވުރެ ބޮޑު އާބާދީއެއް ކަވަރު ކުރަން އެޅި ފިޔަވަޅެކެވެ. 

އެސްޓީއޯ މާލެ ސަރަހައްދުގެ ފިހާރަތައް

  • މާލެ - އެސްޓީއޯ ޕީޕަލްސް ޗޮއިސް، ނޯރުހާބަރު ހޯލްސޭލް ސެންޓަރު، އިންޑަސްޓްރިއަލް ވިލެޖު
  • ވިލިމާލެ - އެސްޓީއޯ ވިލިމާލެ ފިހާރަ
  • ހުޅުމާލެ- އެސްޓީއޯ ޕީޕަސް ޗޮއިން ފިހާރަ

ކުރިން ހަމައެކަނި އަގު ބޮޑުވާ ވަގުތެއްގައި "މާކެޓް އިންޓަވިން" އަށް ނުކުންނަ އެސްޓީއޯއަކީ މިހާރު ހަމައެކަނި އަގު ބޮޑުވާ ވަގުތު އެ މުދަލެއް ގެނެސް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. މިކަން އެސްޓީއޯއިން ހުއްޓާލި ސަބަބަކީ އެކަމުން ނަތީޖާ ނުފެނުމެވެ. ދުނިޔޭގެ ދަތުރުފަތުރުގެ ކާރޫބާރު އޮތް ގޮތުން ތަރުކާރީގެ އަގު އުފުލޭ ވަގުތެއްގައި އެ ރާއްޖެއަށް ކުއްލިއަކަށް ނުގެނެ އެވެ. އެހެންވެ އެސްޓީއޯއިން ވަނީ އެކަމަށް ތައްޔާރުވެ ތަރުކާރީ އާއި މޭވާ ބަހައްޓާނެ ފިނކޮށާރުތައް ހަދާދަ އެވެ. ވޭސްޓް މަދުވާނެ ފިޔަވަޅުތައް އަޅާފަ އެވެ. އެހެންވެ މިހާރު ކޮންމެ ދުވަހަކު ވެސް އެސްޓީއޯއިން އަގުހެޔޮކޮށް މި ބާވަތްތައް ލިބެން ހުރެ އެވެ. ބާޒާރުން ކާޓެއް 12ރ. އަށް ލިބޭނަމަ އެސްޓީއޯއިން ކާއްޓެއް އެއަށްވުރެ ހެޔޮކޮށް ލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.