ތުލުސްދޫއަށް ކުރިމަތިލި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަންނަން އަމުރުކޮށްފި

އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ކޯޓުން ކުރި ހުކުމްގައި ވެ އެވެ.

ސުޕްރީމް ކޯޓު ނަން ބޯޑު --

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، ތުލުސްދޫ ދާއިރާއަށް ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިގަތުން ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މައްޗަށް އަމުރުކޮށްފި އެވެ. 

ކައުންސިލް އިންތިހާބާ ގުޅޭ އިންތިހާބީ ދެ ޝަކުވާއެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަން އެވެ.

ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން އީސީން ނިންމާފައި އޮތީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، ތުލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވިޔަސް، އޭގެ ރެކޯޑް ފިނޭންސް މިނިސްޓްރީގައި ނެތް ކަމަށެވެ.


އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ކޯޓުން ކުރި ހުކުމްގައި ވެ އެވެ.

އެހެންކަމުން، ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށާއި އޭނާގެ ކެންޑިޑެށީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ސޫޒަން އާ ހިލާފަށް، އަބްދުލްމަޖީދުގެ ކެންޑިޑެންސީ ބަލައިނުގަންނަން އީސީން ނިންމާފައި އޮތީ ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ.  

ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް އިހްތިސާސް ލިބެނީ އީސީން ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ކަމަށާއި، އެހެންކަމުން އަބްދުލްމަޖީދުގެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.