ކަރެކްޝަންސްއިން ބުނީ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތަކުގައި ފުރަތަމަ ފަހަރަށް މިއަހަރު ތަރާވީސް ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަރެކްޝަންސްއިން ބުނީ ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީސް ނަމާދާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސާފައިވާ ކަމަށްވެސް އެ ހިދުމަތުން ބުނެފައިވެ އެވެ.
ރޯދަ މަސް ފެށުމުގެ ކުރިން، މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ވެސް ވަނީ ދީނީ ސެޝަންތަކެއް ހިންގައިފަ އެވެ. މި ސެޝަންތައް ހިންގާފައި ވަނީ ކަރެކްޝަނާއި އިސްލާމިކް މިނިސްޓްރީން ގުޅިގެންނެވެ.
ކަރެކްޝަންސް އިން ބަލަހައްޓާ ހުޅުމާލެ ޖަލުގެ ގައިދީންނަށް، ރޯދަ މަހާ ގުޅުވައިގެން އުފާވެރި މާހައުލެއްގައި އެފަރާތްތަކުގެ އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް މިދިޔަ ހޯމަ ދުވަހު ހާއްސަ ހަފްލާއެއް ވެސް ވަނީ ބާއްވައިފަ އެވެ.
އަދި އެ ހަފްލާގައި، އެމްސީއެސްގެ އައު ހެޑްކުއާޓާސް އިމާރާތްކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ގައިދީންގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެފަރާތްތަކަށް ހަނދާނީ ލިޔުމެއް ވެސް ދީފައިވެ އެވެ.