އެ ދެ މަޝްރޫއަކީ މާފުށީގައި މިހާރު ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް އަޕްގްރޭޑް ކުރުމާއި އެ ރަށުގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމެވެ.

އެ ދެ މަޝްރޫއަކީ މާފުށީގައި މިހާރު ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް އަޕްގްރޭޑް ކުރުމާއި އެ ރަށުގައި ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމް ކުރުމެވެ. މި ދެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެވެ.
މި ދެ މަޝްރޫއު ވެސް ދޮޅު އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ.
ގެސްޓް ހައުސް ވިޔަފާރީގައި ރާއްޖޭގައި އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށަށް ވާއިރު މާފުށީގައި މިހާރު ހަދައިފައި ހުރި ނިޒާމަށް އޯވާލޯޑްވެ ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
އެ ރަށުގައި މިހާރު ބޭނުން ކުރަމުން އަންނަ ނަރުދަމާ ނިޒާމް ހެދީ 2007 ވަނަ އަހަރު އެވެ.