ހުޅުމާލެ 1 ގައި އެސްޓީއޯގެ ބޮޑު ފިހާރައެއް ހުޅުވައިފި

ރޭ ބޭއްވި ހަފްލާއެއްގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާގެ އަރިހުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އާއި އެ ކުންފުނީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުމާލެ 1 ފިހާރަ: މާލެއިން ލިބޭ އިލެކްޓްރޯނިކް ސާމާނު ވެސް ހިމެނޭ ގޮތަށް ފުރަތަމަ ފިޔަވަހީގައި ހުޅުވި ބޮޑު ފިހާރައެއް--ފޮޓޯ: ދަ މިރާ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ބޮޑު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފި އެވެ.

އެ ފިހާރަ ހުންނަނީ ހައިވޭ އިން ނުކުމެގެން ދެވޭ ރީތިގަސް މަގުގެ ރެއިން ކޮރަލް އިމާރާތުގަ އެވެ.

ރޭ ބޭއްވި ހަފްލާއެއްގައި އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އޭނާގެ އަރިހުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް އާއި އެ ކުންފުނީގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެސްޓީއޯ ހުޅުމާލެ 1 ފިހާރަ އިން މާލެއިން ވެސް ލިބޭ ހުރިހާ ތަކެތި ލިބެ އެވެ. އަދި އެ ކުންފުނިން ވިއްކާ ފިލިޕްސް އާއި ހިޓާޗީ އަދި އެލްޖީ ބްރޭންޑުގެ އިލެކްޓްރޯނިކް ސާމާނު އެ ފިހާރަ އިން ލިބެ އެވެ. 

ހުޅުމާލެ 1 ގައި މިހާރު ވެސް އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއްގެ އިތުރުން ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހަރައެއް ހުރެ އެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.