އިސްލާހީ ބަދަލު ގެންނަން އެދޭ މީހާ ފަށަންވީ އަމިއްލަ ނަފުސުން: ރައީސް

އެގޮތުން ރައީސް ވަނީ، ދިވެހި މުޖުތަމައަކީ، ފަސް ވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

އިސްލާހުގެ ފެށުމަކީ ތިމާކަމަށާއި، އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް އިސްލާހެއް، ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ރޯދަ މަސް ފެށުމާ ގުޅިގެން ރޭ ފޮނުއްވި ހިތޯބުގައި ރައީސް ވަނީ ރޯދަ މަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވައިފަ އެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަގުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށާއި، ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންކުރުންމަތީ ދެމިތިބުމަށްޓަކައި ކަމަށެވެ. 

އަދި މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލުކުރި ހިނދު، މުޖުތަމައުިނން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް ވަނީ، ދިވެހި މުޖުތަމައަކީ، ފަސް ވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ، އަދި ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ، ތަހުޒީބު، އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމައެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ މި ސިފަތައް ހުރި މުޖުތަމައެއް ބޭނުންވަނީ، ރާއްޖޭގެ އަމާންކަމާއި، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައި ކަމަށާއި، ހެޔޮލަފާ، ހުލްގުހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށް ކަމަށެވެ. އަދި އޭގެ ސަބަބުން، ދިވެހީންގެ ގަދަރު މަތިވެރިވެގެންދާނެ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރޯދަ މަހަކީ، އަހުލާގުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ މައްސަރުކަމުގައިވާތީ، އަޅުކަންތައްތަކުން ވަގުތުތައް ރާވާލުމާއި، ޒިކުރުތަކުން ތަގުވާވެރިވުމާއި، ހިތާއި ރޫހާއި ހަށިގަނޑު، ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދިނުމަށް ވެސް އެމަނިކުފާނުގެ ހިތޯބުގައި ބާރުއަޅުއްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.