ރާއްޖޭގައި ޓޫރިސްޓުން ތިބޭ މުއްދަތު ހަފުތާއަކަށް އިތުރު ވެއްޖެ

މިދިޔަ ޖަނަވަރީ މަހުން ފެށިގެން ފެބްރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 369,407 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް : މި އަހަރުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ -- އެމްއޭސީއެލް

ރާއްޖޭގައި ޓޫރިސްޓުން މަޑުކުރާ މުއްދަތު ހަފުތާއަކަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ޓޫރިސްޓުންގެ އެވްރެޖު ސްޓޭ އުޅެނީ ހަފުތާއެއްގަ އެވެ. އަދި މިދިޔަ ޖަނަވަރީ މަހުން ފެށިގެން ފެބްރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 369,407 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމެކެވެ. މީގެ ތެރެއިން ޖަނަވަރީ މަހު އެކަނި ވެސް 224,788 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ފެބްރުއަރީ މަހުގެ ފުރަތަމަ 16 ދުވަހު 144,619 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޓޫރިސްޓުންގެ މުހިންމު ތަފާސްހިސާބުތައް:

  • ޓޫރިސްޓުންގެ 68.2% ހިއްސާ ކުރަނީ ރިސޯޓުތަކެވެ. އަދި 26.8% ޓޫރިސްޓުން ގެސްޓްހައުސްތަކުގައި މަޑުކޮށްފައިވެއެވެ.
  • ފެބްރުއަރީ މަހުގެ ދުވާލެއްގެ އެވްރެޖް އުޅެނީ 9,039 ފަތުރުވެރިންނެވެ.
  • އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ކުރީގައި އުޅެނީ ޗައިނާ، ރަޝިއާ އަދި އިޓަލީ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރު މިއަދަދަށްވުރެ ގިނައިން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.