އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ބީއެމްއެލް މުވައްޒަފުންގެ އެހީ

މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު ޖުމްލަ 200 އަށްވުރެ ގިނަ ކުދީންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށްވުރެ ގިނަ ޕެކް ހަދިޔާކުރިއެވެ.

ބީއެމްއެލް މުވައްޒަފުންގެ އެހީގެ ތަކެތި ހަދިޔާ ކުރަނީ -- ބީއެމްއެލް

ރަމަޟާން މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެއިޑުން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް އެހީތެރިވެރިދުމަށް ހިންގާ ޕްރޮގްރާމެކެވެ.

ބީއެމްއެލް މުވައްޒަފުންގެ އެހީގެ ތަކެތި ބަންދު ކުރަނީ

މި އަހަރުގެ ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމާއެކު ޖުމްލަ 200 އަށްވުރެ ގިނަ ކުދީންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 100 އަށްވުރެ ގިނަ ޕެކް ހަދިޔާކުރިއެވެ.

ބޭންކުގެ މުވައްޒަފުން ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ ކުރިންވެސް އާކްއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިދިޔަ އަހަރު މަމްސް އެއިޑަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.