އެތެރޭގެ އުދުހުންތަށް ޓާމިނަލް ދޭކަށް | މިހާރު 27 ކައުންޓަރު ހުންނާނެ

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ.

ޓާމިނަލް ދޭކަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލު ކުރަން ބޭއްވި ރަސްމިއްޔާތު -- އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ ) ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ކުރީގެ ޓާމިނަލްއަށް ބަދަލު ކުރުމާއެކު ޗެކިން ކައުންޓަރުގެ އަދަދު 27 އަށް އިތުރު ވެގެން ގޮސްފި އެވެ. 

ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރާއްޖޭގެ ނައިބު ހުސައިން މުހައްމަދު ލަޠީފް އެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުން، އެމްއޭސީއެލްގެ ބޯޑް މެންބަރުން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި ޓަރމިނަލްގެ އޮޕަރޭޝަންސްތައް ބަދަލުކުރުމުގައި ހަރަކާތްތެރިވި މުވައްޒަފުން ބައިވެރިވިއެވެ.

އެތެރޭގެ އުދުހުންތަކަށް ބޮޑު ފަސޭހައެއް

ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންސްތައް ޓާމިނަލް 2 އަށް ބަދަލުކޮށްފައި މިވަނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އެވެ. މިބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނެވެ. 

މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި 8 ޗެކް-އިން ކައުންޓަރު ހުރި ނަމަވެސް، ޓާމިނަލް 2 ގައި ޗެކް-އިން ވުމަށް 27 ކައުންޓަރު ހުންނާނެ އެވެ. އެގޮތުން އަދި ސެކިއުރިޓީ ކްލިއަރެންސް އަށް 3 މެޝިން ބެހެއްޓިފައިވާއިރު، 6 ޑިޕާޗާ ގޭޓު ހުންނާނެ އެވެ. މީގެ އިތުރުން ޓަރމިނަލް 2ގައި އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވަކި ދެ ނަމާދު ކޮޓަރިއާއި ކުޑަކުދިންގެ ކުޅޭ ސަރަހައްދަކާއި އެފްއެންޑްބީގެ ތިން އައުޓްލެޓް ހުންނާނެ އެވެ. އަދި އަންނަ ފަސިންޖަރުންގެ ދަބަސްތައް ނެގުމަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ޓާމިނަލް 2 ގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލްގައި ހުރި ބެގޭޖް ބެލްޓަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް ވަނީ ބެހެއްޓިފަ އެވެ.

ޑޮމެސްޓިކް ޓާމިނަލްގެ ތާރީހު

ވީއައިއޭގައި އެތެރޭގެ އުދުހުންތަކަށް ނުވަތަ ޑޮމެސްޓިކް ދަތުރުތަކަށް ހާއްސަ ޓާމިނަލެއް އެންމެ ފުރަތަމަ ހުޅުވުނީ 19، ޑިސެމްބަރު 2012 ގައެވެ. މި ޓާމިނަލް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އޭގެ ކުރިން އެތެރޭގެ އުދުހުންތަކަށް ހިދުމަތް ދެމުން އައީ ބައިނަލްއަގުވާމީ ޓާމިނަލްގެ ތެރެއިން ކަމަށްވާތީ ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވަކި އިމާރާތެއް ބިނާކުރެވުނީ އެވެ. އަދި 2012 ގައި ހުޅުވި ޓާމިނަލަށް ފަހުން ގެނެވުނު ބަދަލުތަކާއެކު، 2015 ވަނަ އަހަރުގެ ތެރޭގައި ޓާމިނަލް އިތުރަށް ބޮޑުކޮށް، ފަސިންޖަރުންނަށް ހިދުމަތް ދޭނެ ޖާގަ އިތުރުކުރެވުނެވެ.

އާ ޓާމިނަލް - އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވީ މި އަހަރުގެ މިނިވަން ދުވަހު އެވެ. މިއީ ޒަމާނީ ހިދުމަތްތަކުގެ ޓާމިނަލް އެކެވެ. މި ޓާމިނަލް ނިންމަން ދައުލަތުން ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ލޯނު ނަގާފައިވެ އެވެ. މި ޓާމިނަލް ނިންމަން އެންމެ ބޮޑު އެހީތެރިކަމެއް މާލީ ގޮތުން ދީފައިވަނީ ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ ސައޫދީ ފަންޑުންނެވެ. ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ތަރައްގީ ކުރާ މި ޓާމިނަލް ނިންމަން ސައޫދީ ފަންޑުން 217 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ލޯނު ދިން ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ. އަދި އަބޫދާބީ ފަންޑުން 90 މިލިއަން ޑޮލަރު އަދި ކުވެއިތު ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނު ދީފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.