ރޯދައަށް މާލޭ ވިޔަފާރި ބަނދަރު ތައްޔާރުވެ މުދާ ނެރުން ހަލުވިކޮށްފި

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ހަދާފަ އެވެ.

އެމްޕީއެލްގައި ރޯދައަށް ގެންނަ މުދާ ބަހައްޓަން ހެދި ސަރަހައްދު -- އެމްޕީއެލް

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ މުދާ، ވަކިން ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ބާޒާރަށް ނެރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރުން ޚާއްސަ ތައްޔާރީ ތަކެއް ވެއްޖެ އެވެ.

އެމްޕީއެލް އިން ބުނީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވާތީ، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން، މިހާރު ވެސް ކާބޯތަކެތި ހިފައިގެން އައިސްފައިވާ ދެ ބޯޓަކުން މުދާ ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ހަދައިފައެވެ. 

މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެ އެވެ. މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް (އަވަހަށް ކުނިވާ ޒާތުގެ) މުދާ ވަނީ ކްލިއަރކޮށްފަ އެވެ. އެއީ ޖުމްލަ 480 ޓަނޭޖްގެ ޕެރިޝަބަލް މުދަލެވެ

މާލޭ ވިޔަފާރި ބަނދަރުގައި މި ވަގުތު ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓެއް އެބައޮތެވެ. އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެކަމަށް ލަފާކުރެވެއެވެ. އަދި މިރޭ 00:00 އާ ހަމައަށް ކްލިއަރކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.