ދަ މިރާ އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުގެ މި ނިންމާއެކު މިހާރު ތިބި އެޑްވައިޒަރުންނަށް ވަޒީފާއާއި ބެހޭ ޤާނުނާއި އެއްގޮތަށް ނޯޓިސްދީފަ އެވެ. އަދި އެ މަގާމުތަކުގައި ތިބި އެޑްވައިޒަރުންނަށް ވަނީ ދެ އިޚްތިޔާރެއް ދީފަ އެވެ.

އެމްއެމްއޭގެ ސްޓަރަކްޗަރަލް އަދި އޮޕަރޭޝަނަލް ބަދަލުތަކެއްގެ ގެނެސް، އެޑްވައިޒަރުންގެ ދައުރު އިތުރަށް ބޭނުންނުވާތި އެ މަޤާމުތައް އުވާލުމަށް އެމްއެމްއޭގެ ބޯޑުން ނިންމައިފި އެވެ.
މިރާ އަށް އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ ބޯޑުގެ މި ނިންމާއެކު އެ އޮތޯރިޓީން ވަނީ މިހާރު ތިބި އެޑްވައިޒަރުންނަށް ވަޒީފާއާއި ބެހޭ ޤާނުނާއި އެއްގޮތަށް ނޯޓިސްދީފައެވެ. އަދި އެ މަޤާމުތަކުގައި ތިބި އެޑްވައިޒަރުންނަށް ވަނީ ދެ އިޚްތިޔާރެއް ދީފައެވެ.
އެމްއެމްއޭގެ ގަވަރުނަކަށް އެޑްވައިޒްދޭން އައްޔަން ކޮށްފައިވާ އެޑްވައިޒަރުގެ ގޮތުގައި ތިއްބެވީ މަރިޔަމް ހުސެއިން ދީދީ އާއި އިދްހާމް ހުސެއިން އާއި މަރިޔަމް ޝިފާ އެވެ. މި ތިން ބޭފުޅުންނަކީ އެމްއެމްއޭގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. މި ބޭފުޅުންނަށް މަހު މުސާރައިގެ ގޮތުގައި މަހަކު މީހަކަށް ލައްކައެއް ހަރަދުވާ ކަމަށް އެނގިފައިވެ އެވެ. އަދި އަހަރެއްގެ މައްޗަށް ތިން މިލިއަނެއްހާ ރުފިޔާ އިނާޔަތުގެ ގޮތުގައި ލިބެ އެވެ.
މި ތިން ބޭފުޅުން ތިއްބެވި މަގާމު އުވާލުމާއެކު ފުތަރަމަ އޮޕްޝަންގެ ގޮތުގައި ދީފައިވަނީ ވަޒީފާއާ އި ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގެ ދަށުން 3 މަސްދުވަހު ވަޒީފާގައި ދެމިހުރުމާއެކު އިތުރު 3 މަސްދުވަހުގެ މުސާރާ އާއި އިނާޔާތާއެކު ވަޒީފާ އުވިގެންދިއުމެވެ. ދެވަނަ އޮޕްޝަނަކީ ވަޒީފާއާއި ބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް މުއްދަތުގެ ބަދަލުގައި ޖުމްލަ 6 މަސްދުވަހުގެ ފައިސާ އާއި އިނާޔާތްތައް ލިބޭ ގޮތަށް މަޤާމު އުވާލުމެވެ. މި ދެ އޮޕްޝަނުން އެޑްވައިޒަރުން ބޭނުންވާ އޮޕްޝަނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެމްއެމްއޭ އިން ވަނީ ދީފައެވެ.
އެނގިފައިވާ ގޮތުގައި މި ނިންމުން އެމްއެމްއޭއިން ނިންމާފައިވަނީ ގަވަރުނަރަށް ދޭންޖެހޭ ލަފާ އެޑްވަޒަރުންނަށް ނުދެވޭތީ އެވެ.