ރާއްޖެ އަށް މާދަމާ ރޯދަ، ރަމަޟާން މުބާރަކު

ހަނދާއި ބެހޭ ބަޔާނުގައި ވަނީ ރޯދައިގެ ފަރުލު އަދާ ކުރުމަށް ފަރުވާތެރި ވުމަށާއި ހެޔޮ އަމަލުތައް ގިނަ ކުރުމަށް ދިވެހީންނަށް ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކޮށްފައެވެ.

ހަނދު --

މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ދިވެހި ސަރުކާރުން ކަނޑައަޅާ ދެންމެ އެކަން އިއުލާނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު އިރުއޮއްސުނު ފަހުން އިސްލާމީ ބައެއް ގައުމުތަކަށް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނު ކަމަށް ޝަރުއީ ހަމަތަކުން ސާބިތުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

ހަނދާއި ބެހޭ ބަޔާނުގައި ވަނީ ރޯދައިގެ ފަރުލު އަދާ ކުރުމަށް ފަރުވާތެރި ވުމަށާއި ހެޔޮ އަމަލުތައް ގިނަ ކުރުމަށް ދިވެހީންނަށް ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތް ކޮށްފަ އެވެ.

އަދި މި ރޯދަ މަހަކީ ދިވެހީންނާއި އެންމެހާ މުސްލިމުންނަށް އުފާ ފާގަތި މައްސަރެއް ކަމުގައި ލެއްވުން އެދި ދުއާ ކޮށްފައިވެ އެވެ.

މާދަމާ އަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ވެސް ވަނީ އިއުލާނު ކޮށްފަ އެވެ. އަދި މުސްލިމު ގިނަ ގައުމުތަކަށް މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.