އަދި، ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވެ އެވެ.

ބަންގްލަދޭޝްއާއެކު ގޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެކި ދާއިރަތަކުން މަސައްކަތް ކުރައްވާނެ ކަމަށް، އެގައުމުގެ އާ ބޮޑުވަޒީރު ތާރިގު ރަހުމާންއާ ބައްދަލުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ އެގައުމުގެ އަލަށް އިންތިހާބުވެވަޑައިގެންނެވި ބޮޑުވަޒީރު ތާރިގުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެ ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފަ އެވެ.
މިބައްދަލުވުމުގައި، ރައީސް ވަނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާރިގު ރަހުމާން އާއި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފަ އެވެ.
އަދި، ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވެ އެވެ.
އޭގެ އިތުރުން، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި، ސިއްހީ، ތިމާވެށި، މަތީ ތައުލީމު އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މިއީ ރައީސް ބަންގްލަދޭޝްއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރާއްޖެއާއި ބަންގްލަދޭޝް އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ ސެޕްޓެންބަރު 22، 1978 ގައެވެ.