ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލެއް: ދެން ޓެކްސީ ކިޔޫއަށް އެރޭނީ އާ ޓާމިނަލް ކައިރިން

އެމްއޭސީއެލް އިން ބުނެފައިވަނީ މިއަދުން ފެށިގެން ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1 (އާ ޓަމިނަލް)ގެ ޓެކްސީ ކިޔޫ ކަމަށެވެ.

ވީއައިއޭގެ މިހާރުގެ ޑޮމެސްޓިކް ޓާމިނަލް ކައިރީ ޓެކްސީއެއް މަޑުކޮށްލައިގެން -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ޓާމިނަލް 2 (ކުރީގެ އިންޓަނޭޝަނޭޝަނަލް ޓާމިނަލް) އަށް ބަދަލުކުރުމާ ގުޅިގެން އެއާޕޯޓްގެ ޓްރެފިކް ފްލޯއަށް މިއަދުން ފެށިގެން ބަދަލު ގެނެސްފި އެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ ޑޮމެސްޓިކް ޓާމިނަލްއަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް ދެން މަޑުކުރާނީ ކުރީގެ އިންޓަނޭޝަބަލް ޓާމިނަލް ކުރިމައްޗަށް ކަމަށެވެ. 

އެ ބަދަލާއެކު ކުރީގެ ޑޮމެއްޓިކް ޓާމިނަލްގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދަށް އުޅަނދުތައް މަޑުކުރުމާއި ފަޖިންޖަރުން ފޭބުން މަނާ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ މިއަދުން ފެށިގެން ޑޮމެސްޓިކް ޓާމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓާމިނަލް 1 (އާ ޓަމިނަލް)ގެ ޓެކްސީ ކިޔޫ ކަމަށެވެ. މީގެ ކުރީގައި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ޓެކްސީ ހޯދަން ދާން ޖެހެނީ އެއާޕޯޓުގެ ބަނދަރަށް ވާ ފަޅިން ހަދައިފައި އޮންނަ ކިއު އަށެވެ.

 އެ ބަދަލާއެކު އެއާޕޯޓުގެ ބަސް ރޫޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ޓާމިނަލް 2 އިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް އެމްއޭސީއެލްއިން ވަނީ އެތަން މަރާމާތުކޮށް، ހުރިހާ އިންތިޒާމެއް ހަމަޖައްސައިފަ އެވެ. މިއަދުގެ ވަގުތެއްގައި އެ ޓާމިނަލް ރަސްމީކޮށް ހުޅުވާނެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި 26 ގައި ވަނީ ވަރަށް ކުލަގަދަކޮށް ހުޅުވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.