އީސީގެ މެމްބަރުކަމަށް ރިފްއަތު އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމަށް ރިފްއަތު އައްޔަނުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި އީސީގެ ފަރާތުން ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ރިފްއަތު އަބްދުﷲ އަޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އީސީގެ މެމްބަރު ޑރ. މުހައްމަދު ޒާހިދުގެ މެމްބަރު ކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި މަޖިލީހަށް ފޮނުއްވެވީ، ރިފްއަތުގެ ނަމެވެ.

މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމީޓީން ރިފްއަތު އާ ކުރި އިންޓަވިއުގައި 84 ޕަސެންޓަށް ވުރެ ގިނަ މާކްސް އޭނާ ވަނީ ހޯއްދަވާފަ އެވެ. އަދި ޝަކުވާ ހުޅަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމަށް ރިފްއަތު އައްޔަނުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު މިވަގުތު ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.