އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވެފައި ވަނީ ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާއަކީ މުލަ ރޯދަ ދުވަސް ކަމަށެވެ. އެކަން ފާހަގަކުރައްވަމުން މައުމޫން ވަނީ މުސްލިމް އުންމަތަށް ރޯދަމަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

މާދަމާއަކީ 1447 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ މާދަމާ ކަމަށެވެ. އެ ޕޯސްޓާއެކު މުސްލިމް އުންމަތަށް ރޯދަ މަހުގެ ތަހުނިޔާވެސް ފޮނުއްވާފައިވެ އެވެ.
ދިވެހި ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. ރޯދަ މަހަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ އެވެ.
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މުސްލިމް ގިނަ ގައުމުތަކުން ބުނި ނަމަވެސް، ބައެއް ގައުމުތަކުން ވަނީ އެދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ބުނެފަ އެވެ.