"އަލީ އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ." ފުލުހުން މިއަދު ބުންޏެވެ.

ސްކޫލް ކުދިންނަށް އޮންލައިންކޮށް ޓިއުޝަން ނަގައިދިނުމުގެ ހިދުމަތް ދޭ "ބްރައިޓް މައިންޑްސް"ގެ ވެރިޔާ، ހމ. ޚައިރާތު، އަލީ އަފްލަހު، ތިން އަހަރު ދުވަސްވާންދެން ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކޮށްފި އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި އަފްލާހު ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އަފްލާހު ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.
"އަލީ އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ." ފުލުހުން ބުންޏެވެ.
އެ މައްސަލަ ފެންމަތިވުމާއެކު އަފްލާހު ވަނީ ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅުމަށްފަހު އިންޑިއާގެ މުމްބާއީއިން ރާއްޖެ އައުމާއެކު އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.