ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލައިދޭން އެދިއްޖެ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ މީހާ ވަނީ ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ އަގީ ދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަ ދައްކާފައިވާ ވީޑިއޯއެއް އާންމުކޮށްފައިވާ ކަމަށެވެ.

ޓިކްޓޮކްގައި ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި މީހާ.

ޓިކްޓޮކްގައި ދީނަށް ފުރައްސާރަކުރި މީހެއްގެ މައްސަލަ ބަލައިދޭން ކަމާގުޅޭ އިދާރާތަކުގައި އެދިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ މީހާ ވަނީ ވަހީ އަންނަ ކަމަށް ބުނެއާއި އިސްލާމީ އަގީ ދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތަށް ވާހަކަ ދައްކާފައިވާ ވީޑިއޯއެއް އާންމުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި 15 ފެބްރުއަރީގައި މިނިސްޓްރީން ރަސްމީކޮށް އެދިފައިވާކަމަށް ޝަހީމް ވިދާޅުވި އެވެ.

ޓިކްޓޮކްގައި އެ މީހާ ވަނީ މާތްﷲ އޭނާއަށް ވަހީ ބާވާލައްވާފައިވާ ކަމަށާއި ވަހީ ބާއްވާލައްވަނީ ކީރިތި ރަސޫލާއަށް އެކަނި ނޫން ކަމަށް ބުނެ، ދީނަށް ފުރައްސާރަކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ އެއީ ޔޫސުފްގެފާނު ކަމަށް އަމިއްލައަށް ދައުވާކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައި ވަނީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމަލުކަމަށް ވަަނީ އައިސްފައި. މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.